ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯޕްރެޝަ ޓަރަފް ގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދަކަށް ބޯ ވިއސާރަވިލާ ދަނީ އުފެދެމުން ކަމަށް މޯމްޑިވްސް މީޓިއޮރޮޖިކަލް ސާރވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯޕްރެޝަ ޓަރަފް ގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދަކަށް ބޯ ވިއސާރަވިލާ ދަނީ އުފެދެމުން ކަމަށާއި، އެކަމުގެ ސަބަބުން މާދަމާ (31 ޖުލައި 2026) ވާ ހުކުރު ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
Active southwest monsoon over the Maldives pic.twitter.com/Gxncm4P2fn
— Maldives Meteorology (@MetMaldives) July 30, 2026
އެހެންކަމުން ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮސް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމާއި ބެހޭ އެންމެހާ މައުލޫމާތު ހޯއްދަވަމުންގެދެވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.