ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުގަދަވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ވައިޓް އެލާޓް ނެރެފި

ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުގަދަވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ކުރިން ބުނެފައިވަނީ މިއަދުގެ ހަވީރު 16:00 އިން ފެށިގެން މިރޭގެ 22:00 އަށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން 19 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *