ރާއްޖެއިން ގަތަރަށް ކަނޑައެޅުއްވި ސަފީރު އާދަމް ޝަރީފު ސަފީރުކަމުގެ ފަތްކޮޅު ގަތަރުގެ އަމީރަށް އަރުވައިފި

ދިވެހި ރާއްޖެއިން ގަތަރަށް ކަނޑައެޅުއްވި ސަފީރު އާދަމް ޝަރީފު އުމަރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޤަޠަރުގެ އަމީރު، ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީއަށް އަރުވައިފިއެވެ.

ދޯހާގައި ހުންނަ ލުސައިލް ޕެލެސްގައި އޮތް ރަސްމިއްޔާތުގައި އާދަމް ޝަރީފް އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ބޭއްވި ބައްދަލުވުމުގައި، ސަފީރު އާދަމް ޝަރީފް އުމަރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްގީއަށް ޤަޠަރުން ވެދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުމަށް ވަނީ ޝުކުރު އަދާކުރެއްވިއެވެ.

އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަކޮށް، ދެފަރާތުން އިސްކަންދޭ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން ބޭނުންވާކަން ސަފީރު އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އަދި މި ރަސްމިއްޔާތުގައި ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީ ދެއްކެވި ވާހަކަފުޅުގައި ސަފީރު އާދަމް ޝަރީފް އަށް އުމަރަށް މަރުޙަބާ ވިދާޅުވެ،  އާދަމް ޝަރީފްގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޔަގީންކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *