ބޮޑުތަކުރުފާނުމަގު ފުޅާކުރި ސަރަހައްދުގައި އެމްޓީސީސީން ރުއް އިންދައިފި

ބޮޑުތަކުރުފާނުމަގު ފުޅާކުރި ސަރަހައްދުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ރުއް އިންދައިފި އެވެ.

އެ ކުނފުނިން ބުނީ ްބޮޑުތަކުރުފާނު މަގު ފެހިކޮށް، ސަގާފަތާއި ތަރިކަ ދިރުވައި އާލާކުރުމުގެ ގޮތުން ފޮރިން މިނިސްޓްރީން ފެށިގެން އެސްއެސް ބިލްޑިންގއާ ހަމައަށް މަގުމަތީގައި އިތުރު ރުއް އިންދާފައިވާ ކަމަށެވެ

އަދި ރުއް އިންދުމުގެ މި ޕްރޮޖެކްޓަކީ ރާއްޖޭގެ ޤުދުރަތީ ތަރިކައަށް އިޙްތިރާމް ކޮށް، ފެހި، ދެމެހެއްޓެނިވި އަދި ހިތްފަސޭހަ ސިޓީއެއް ބިނާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތް ރަމްޒުކޮށްދޭ ޕްރޮޖެކްޓެއް ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.

މާލޭގެ އުތުރު ފަރާތާއި ހުޅަނގު ފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮސް ޒާމާނީ ފެންވަރަށް ތަރައްގީކުރުމަށް އެމްޓީސީސީ އާއި ހަވާލުކޮސްފައިވާ މަޝްރޫއުގެ ތެރެއިން އެ ކުންފުނިން މިހާރުވަނީ ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ނޯޓު ހާބަރާ ހިސާބަށް މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރި ބައި ނިންމައި އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *