މަސްތުވާތަކެއްޗާއެކު ބ. މާޅޮހުން މީހަކު ހައްޔަރުކޮށްފިއެވެ.
މާޅޮހުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކޮށް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާޅޮހު މި މަހުގެ 11 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައިހައްޔަރުކޮށްފައި ވަނީ ބ. ދަރަވަންދޫ / މެޑޯޒް، މުޙައްމަދު ނިސާތު (41އ) އެވެ.
އޭނާ ހައްޔަރޫ ކުރީ އެރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރަން އުޅުމުން އޭނާ އެއްލާލި އެއްޗެއް ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާތީއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.