ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުގަދަވާނެކަމަށް ލަފާކޮށް ކ އަތޮޅުން ފެށިގެން ލ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ މިއަދުގެ ފަތިހު 5:00 އިން ފެށިގެން ހެނދުނު 10:00 އަށް ކ އަތޮޅުން ފެށިގެން ލ އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
Alert white for heavy rain and thunderstorms with gusts of 35 mph. pic.twitter.com/cAFdH1WAyS
— Maldives Meteorology (@MetMaldives) August 13, 2026
ބޯކޮށް ވާރޭވެހި ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައި ވެއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެ ސަރަހައްދުގައި ގިނަ އަދަދެއްގެ ވިއްސާރަ ވިލާ އުފެދެމުންދާތީ މިއަދާ މާދަމާ ރާއްޖޭގޭ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.