ވިލިމާލޭގައި ޑިންގީ ޖެޓީއެއް ހަދަން އެމްޓީސީސީ އާއި ހަވާލުކޮށްފި

ވިލިމާލޭގައި ޑިންގީ ޖެޓީ ހެދުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.

އިންފްރާސްޓްރަކްޗަރ މިނިސްޓްރީގައި އިއްޔެ އޮތް ރަސްމިއްޔާތުގައި އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ހަމީދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެެކްޓަރ އަޙްމަދު ސަޢުދީ އެވެ.

150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް އެމްޓީސީސީ އާއި ހަވާލުކުރި މި މަސައްކަތުގެ ދަށުން 3,698 ސީބީއެމް ވެލި ބަނދަރުތެރެއިން ނަގާ ނެރު ފުންކުރުމާއި 74 މީޓަރުގެ އެއްގަމު ވާޓަރެއް ރޭމްޕާއި ސިޑި ހިމެނޭހެން ތަރައްޤީ ކުރުމާއި، އަދި 3 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓަކާއި 24 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރއެއް ޤާއިމުކުރުން ހިމެނެއެވެ.

އަދި މީގެ އިތުރުން ޑިންގީތަކަށް ހާއްސަކޮށްގެން ތަރައްގީކުރާ 74 މީޓަރުގެ ދިގު 2 މީޓަރުގެ ފުޅާ ކޮންކްރީޓް ޖެޓީއެއް ތަރައްޤީ ކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *