ފެންބޮޑުވާ މައްސަލަ ހައްލކުކުރަން އެމްއެމްއޭ ސަރަހައްދުގައި އެމްޓީސީސީން ހެދި ޕަމްޕް ސްޓޭޝަން ބޭނުންކުރަން ފަށައިފި އެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދި މަޝރޫއުގެ ތެރޭގައި ހިމެނޭ ފެންހިންދާ ޕަންޕް ހަރުކުރުމުގެ މަސައްކަތުގެ ތެރެއިން އެމްއެމްއޭ ސަރަހައްދުގައި ހަރުކުރި ޕަމްޕް ސްޓޭޝަނުގެ މަސައްކަތް ނިމި ޓެސްޓްކޮށް، އެތަން ބޭނުންކުރަން ފަށާފައިވާ ކަމަށް މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޤާއިމުކުރި މަސްވެރިންގެ ޕާކުގައި ޣާއިމްކުރި ޕަމްޕް ސްޓޭޝަން މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު ނިންމައި ވަނީ ބޭނުންކުރަން ފަށާފައެވެ.
މި ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް ނިމުމާ އެކު ބޮޑު ތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވހީގެ ދަށުން ތަރައްގީކުރި ސަރަހައްދުގައި ވިއްސާރައިގެން ސަބަބުން ފެންބޮޑުވާ މައްސަލަ އެއްކޮށް ހައްލުވާނެކަމަށް އެމްޓީސީސީން ބުނެއެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުން ހުޅުމާލެ ފެރީ ޓާމިނަލާ ހިސާބުން ފެށިގެން އާޓިފިޝަލް ބީޗާ ހަމައަށް އޮތް ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވެއެވެ.