2025 ވަނަ އަހަރު އެމްޓީސީސީން އުމްރާނީ ތަރައްގީގެ 479 މަޝްރޫއު ހިންގާފައިވޭ: އަހަރީ ރިޕޯޓް

2025 ވަނަ އަހަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ 479 މަޝްރޫއު ހިންގާފައިވާކަމަށް އެކުންފުނީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައި ވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ތަންފީޒުކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން، ފާއިތުވި 2025 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 479 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. އަދި އެ އަހަރުގެ ފަހު ކުއާޓާގެ ތެރޭގައި ހަތް މަޝްރޫއެއްގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެކުންފުނީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާގޮތުން އެކުންފުނިން ވޭތިވެދިޔަ އަހަރުވަނީ އެއާޕޯޓް ތަރައްގީކުރުމުގެ 6 މަޝްރޫއުތަކާއި، ކޯސްވޭ ނުވަތަ ބްރިޖް ހެދުމުގެ 7 މަޝްރޫއުއާއި، ބިންހިއްކުމާއި، ގޮޑުދޮށް ހިމާޔާތްކުރުމުގެ 48 މަޝްރޫއުއާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ 38 މަޝްރޫއުގެ އިތުރުން މަގު ހެދުމުގެ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވަނީ ހިންގާފައެވެ.

މީގެ އިތުރުން އިޖުތިމާއީ، ސިއްހީ، އަދި ދީނީ ދާއިރާގެ އުމްރާނީ މަޝްރޫއުތަކުގެ ތެރޭގައި އެކުންފުނިން 2025 ވަނަ އަހަރުވަނީ ސިއްހީ މަރުކަޒާއި ހޮސްޕިޓަލް އެޅުމުގެ 38 މަޝްރޫއުއާއި، ފުޓުބޯޅަ އާއި ފުޓްސަލް ދަނޑު އެޅުމުގެ 25 މަޝްރޫއުއާއި ކުނި މެނޭޖުކުރާ 26 މަރުކަޒެއްގެ މަސައްކަތާއި، 2 އިސްލާމީ މަރުކަޒެއްގެ މަސައްކަތްވެސް ކޮށްފައިކަމަށް އަހަރީ ރިޕޯޓުގައި ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *