ރާއްޖެ ޓްރާންސްޕޮޓް ލިންކް (އާރުޓީއެލް) ފެރީގެ ޙިދުމަތް މިދިޔަ އަހަރު އެމްމެ ގިނަ މީހުން ބޭނުންކޮސްފައިވަނީ ޒޯން 1 (ހއ، ހދ، ށ) އިން ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކައިދި އެވެ.
މިދިޔަ އަހަރު އާރުޓީއެލް ފެރީގެ ނިޒާމންު 477,215 ފަސިންޖަރުން ދަތުރުކޮށްފައިވާއިރު އެންމެ ގިނަ ފަސިންޖަރުން ދަތުރުކުރީ ޒޯން އެކެއްގައި ހިމެނޭ ހއ، ހދ، އަދި ށ. ނުވަތަ ބޮޑު ތިލަދުންމަތީގެ އަތޮޅުތަކުންނެވެ.
އެގޮތުން ބޮޑުތިލަދުންމަތީގެ އަތޮޅުތަކުން އާރުޓީއެލް 245,274 ފަސިންޖަރުން ދަތުރުކުރިއިރު ދެން އެންމެ ގިނައީ ދަތުރުކުރީ ޒޯން 5 (ހުވަދޫ) އަތޮޅު ހިމެނޭ ސަރަހައްދުންނެވެ. އެއީ 110,130 ފަސިންޖަރުންނެވެ.
އަދި ޒޯން 2 ހިމެނޭ އަތޮޅުތަކުން 81,161 ފަސިންޖަރުން ހިދުމަތް ހޯދިއިރު ޒޯން 6 ހިމެނޭ އަތޮޅުތަކުން ދަރުރުކޮށްފައިވަނީ 34,877 ފަސިންޖަރުން ނެވެ. އަދި ޒޯން 4 ގެ އަތޮޅުތަކުން ދަތުރުކޮސްފައިވަނީ 5،773 މީހުން ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.
އެކުންފުނީނެގ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ވާގިތުން 2025 ވަނަ އަހަރު އާރްޓީއެލްގެ ފެރީ ނެޓްވޯކާއި ބަސް ނެޓްވޯކް 16،247،797 ޕަސިންޖަރުން ބޭނުންކޮށްފައި ވެއެވެ. އަދި 2024 ވަނަ އަހަރު އެ ނެޓްވޯކުން ދަތުރުކޮށްފައިވަނީ 16،080704 ޕަސިންޖަރުންނެވެ. އަދި 2023 ވަނަ އަހަރު 15،687،109 ޕަސިންޖަރުން ދަތުރުކޮށްފައިވާއިރު 2022 ވަނަ އަހަރު ދަތުރުކޮސްފައިވަނީ 12،133،590 ޕަސިންޖަރުންނެވެ.
އެހެންކަމުން ފާއިތުވި 3 އަހަރުގެ ތެރޭގައި ހިދުމަތް ހޯދި ދަތުރުވެރިންގެ އަދަދު ވަނީ 34 އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރުން އާރުޓީއެލްގެ އާމްދަނީވެސް 2025 ވަނަ އަހަރު 150 މިލިއަން ރުފިޔާއަށް އިތުރުވެފައިވާކަމަށް އެކުންފުނީގެ އަހަރީ ރިޕޮޓުގައި ބުނެފައި ވެއެވެ.
މީގެ އިތުރަށް މާލެ ސަރަހައްދުގެ އާރުޓީއެލް ބަހުގެ ހިދުމަތް މެދުވެރިކޮށް 2025 ވަނަ އަހަރު 8.27 މިލިއަން ފަހަރު މީހުން ހިދުމަތް ހޯދާފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ވެއެވެ.