މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގު ބޮޑުކޮސްފި އެވެ.
މިފްކޯއިން ބުނީ އެކުންފުނިން މަސްވެރިންގެ އަތުން މަސްގަންނަ އަގު މިއަދުންފެށިގެން ބޮޑުކޮށްފައިވާ ކަމަށާއި، އެގޮތުން މިއަދުންފެށިގެން މަސްކިލޯއެއް އެ ކުންފުނިން ގަންނަމުންދާނީ 21.00 ރުފިޔާއަށް ކަމަށެވެ.
މި ބަދަލާއެކު އެކުންފުނީގެ މަސްގަންނަ ކާރުހާނަ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އާއި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ގދ. ތިނަދޫ، ލ. މާމެންދޫގެ އިތުރުން މާލޭ ބަނދަރުންނާއި ރ. މަޑުއްވަރި ބަނދަރުން މަސް ގަންނަމުން ދާނީ ކަޅުބިލަމަސް ކިލޯއެއް 21:00 ރުފިޔާގެ ރޭޓުން ކަމ،ަށް އެކުންފުނިން ބުނެއެވެ.
މީ މި އަހަރުގެ ތެރތޭގައި މަސްގަންނަ އަގު މިފްކޯއިން ބޮޑުކުރި 2 ވަނަ ފަހަރެވެ. މަސްކިލޯއެއް ގަންނަ އަގު 20 ރުފިޔައަށް ބޮޑުކުރީ މިއަހަރުގެ ޖޫމްމަހުގެ 14 ވަނަ ދުވަހު އެވެ.