މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޗެއާޕާސަންގެ މަގާމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ކުރީގެ ޗެއާމަން އަބްދުﷲ ފާއިޒް އައްޔަނު ކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ޗެއަރޕަރސަން ކަމުގެ މަޤާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، މއ. ދޭލިޔާގެ ޢަބްދުﷲ ފާއިޒް ވަނީ އައްޔަނުކޮށްފައި ކަމަށެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ޗެއަރޕަރސަން ކަމުގެ މަޤާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، މއ.ދޭލިޔާގެ ޢަބްދުﷲ ފާއިޒް ވަނީ އައްޔަނުކޮށްފައި. pic.twitter.com/dt4S95Qfkn
— Privatization & Corporatization Board (@pcb_gov) September 1, 2026
ފާއިޒް ވަނީ 2019 ވަނަ އަހަރުން ފެށިގެން 2026 އަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއާމަންގެ މަޤާމު އަދާކުރައްވާފައެވެ. އޭނާ އެމްޑީސީގެ ޗެއާމަންގެ މަގާމުން ވަކިވީ އެ މަޤާމުގެ ދައުރު މިއަހަރު ހަމަވުމާ ގުޅިގެންނެވެ.




