މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސަބްސިޑަރީ ކުންފުންޏަކަށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަން، (އެގްރޯ ނެޓް) ބަދަލުކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސަރުކާރުގެ މަސް ކުންފުނީގެ ދަށުން ހިންގަމުންއަންނަ ކުންފުންޏެއްގެ ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓް ކުރަން އުފައްދާފައިވާ އެގްރޯނެޓް ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.
މިފްކޯއާއި އެގްރޯނެޓް އެއްކޮށްލުމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށާއި، އެގޮތުން އެގްރޯ ނެޓް މިފްކޯގެ ދަށަށް ބަދަލުކުރުމުން ވަރަށް ގިނަ ފައިދާތައް ލިބޭނެ ކަމަށާއި، އެގޮތުން އެ ބަދަލުގެ ސަބަބުން އެގްރޯނެޓްގެ ވިޔަފާރި ފުޅާވެ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ އަމާޒު ހާސިލްވުމުގެ އިތުރުން ދަނޑުވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށް ވެސް ބޮޑު ފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށްވެސް ރައީސް ޑރ މުއިއްޒު ވިދާޅުވި އވެ.
އަދި މި ބަދަލާއެކު، މާލޭގައި އަޅާ ދަނޑުވެރިންގެ މާރުކޭޓާއި މަސްވެރިންގެ މާރުކޭޓުވެސް ބަލަހައްޓާނީ ވެސް މިފްކޯއިން ކަމަށްވެސް ރައީސް ޑރ މުއިއްޒު ވިދޅުވި އެވެ.




