ސްރީލަންކާއިން ދިވެހިރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ދިވެހި ރުފިޔާގެ ބޭސް ހަދިޔާ ކޮށްފި އެވެ.
މި މިމަހުގެ 22 ވަނަ ދުވަހު އެ ގައުމުގެ މިނިސްޓްރީ އޮފް ހެލްތް އެންޑް މާސް މީޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެހީ އާއި ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މަސްޢޫދު ޢިމާދު އެވެ.
އަދި މި ބޭސް ތައް ރާއްޖެއާ ހަވާލުކޮށްދެއްވީ ސްރީލަންކާގެ ހެލްތު އެންޑް މާސް މީޑިއާ މިނިސްޓަރު ޑރ. ނަލިންދަ ޖަޔަތިއްސަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސްޢޫދު ޢިމާދު ވަނީ، ރައީސް އަނޫރާ ކުމާރަ ދިސާނާޔަކައަށް އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މި އެހީއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ބަދަހި ގުޅުން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއްކަމަށްވެސް މަސްއޫދު އިމާދު ވަނީ ވިދާޅުވެފައެވެ.




