ހުޅުމާލޭގައި ގާއިމުކުރާ ނެޓްބޯޅަ ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ސަރުކާރުން ހުޅުމާލެ ފޭސް-1 ގައި ތަރައްގީކުރާ ނެޓްބޯޅަ ކޮމްޕްލެކްސްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ ހަވީރު އެވެ.
އެ ރަސްމިއްޔާތުގައި ނެޓްބޯޅަ ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައިދެއްވީ ސްޓްސް މިނިސްޓަރ ޢަބްދުﷲ ރާފިޢުއެވެ.
ޖިއޯ ވޭވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ތަރައްގީކުރާ މި ނެޓްބޯޅަ ކޮމްޕްލެކްސްގެ މަސައްކަތް 540 ދުވަސްތެރޭގި ނިންމާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.




