ރައީސް ޔާމީން ވަގަށްނެގި ފައިސާތައް ރައްޔިތުން ނިކުމެ އަތުލަންޖެހޭ ކަމަށް ފަލާހު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓްގައި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ ފަލާހު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ބޮޑު ވަގެއް ކަމަށާއި، އެ މަނިކުފާނު ދައުލަތުން ވަގަށް ނެންގެވި ހުރިހާ ފައިސާއެއް ރައްޔިތުން ނުކުމެ، އަތުލަން ޖެހޭ ކަމަށެވެ.
ރައްޔިތުންއެއްވެ މީނާދަޢުލަތުން ވަގައްނެގިހުރިހާ ފައިސާ އަތުލަންވީ ބޮޑުވަގު ޔާމީނު އެކުރާމަސައްކަތަކީ ދެނަހުރިކަމަށްވެސްނުހަދާ ހުރެގެން ދަޢުލަތުންވަގަށްނެގި އެތައްސަތޭކަ މިލިއަންރުފިޔާ މަނީލޯންޑުކޮށް ދޮވެސާފުކުރަނީ. https://t.co/ypsJ0xEBga
— Ibrahim Falah (@IbrahimFalahR) November 14, 2026
އަދި އެމަނިކުފާނު ދެނެހުރިކަމަށްވެސް ނުހަހަދާ ހުރެގެން މިހާރު އެކުރައްވާ ކަމަކީ ދަޢުލަތުންވަގަށްނެގި އެތައްސަތޭކަ މިލިއަންރުފިޔާ މަނީލޯންޑުކޮށް ދޮވެސާފުކުރުން ކަމަށްވެސް ފަލާހު ވަނީ ވިދާޅުވެފައެވެ.




