ހުޅުމާލެ ފޭސް 1 ފަޅުގައި އޮތް ސަޕްލައި ދޯންޏެއްގައި ބިދޭސީންތަކެއްގެ މެދުގައި 2026 އޮކްޓޫބަރު 13ވަނަ ދުވަހު މާރާމާރީއެއް ހިންގުމަށްފަހު ފިލައިގެން އުޅޭ ބިދޭސީއެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ރޮކިބް ހޮސައިން (24އ) (ޕާސްޕޯޓް ނަންބަރު A06257399) ކަމަށެވޗެ.
އަދި އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.




