މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޝަރީއާ ހުއްދަކުރާ ކްރެޑިޑް ކާޑު ތަޢާރަފް ކޮށްފި އެވެ.
އެ ބޭންކުން ބުނީ އެ ބޭންކުގެ ބޭންކިންގ ޙިދުމަތް އިސްލާމިކް ފައިނޭންސިންގ ހަމަތަކާ އެއްގޮތަށް ޒަމާނީ ކުރުމަށް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އަލަށް ތައާރަފުކުރެވުނު މި ކްރެޑިޓް ކާޑު ހާއްސަކުރެވިފައިވަނީ މައިގަނޑު 4 ގިންތިއަކަށް ކަމަށެވެ.
އެ ގިންތި ތަކަކީ:
- ގޯލްޑް ކާޑު: 12،000 ރުފިޔާއާއި 50،000 ރުފިޔާއާާއި ދެމެދު
- ޕްލެޓިނަމް ކާޑު: 50،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދު
- ސިގްނޭޗަރ ކާޑު: 100،000 ރުފިޔާއާއި -/300،000 ރުފިޔާއާއި ދެމެދު
- ބިޒްނަސް ކާޑު: ޝަރުތުހަމަވާ ވިޔަފާރިތަކަށް 100،000 ރުފިޔާއާއި 300،000 ރުފިޔާއާއި ދެމެދު
އެ ބޭންކުން ބުނީ މި ކާޑުތަކުގެ ތެރެއިން އަމިއްލަ ފަރާތްތަކަށް ދޫކުރާ ގޯލްޑް ކާޑަށް 300 އެމެރިކާ ޑޮލަރު، ޕްލެޓިނަމް ކާޑަށް 400 އެމެރިކާ ޑޮލަރު، އަދި ސިގްނޭޗަރ ކާޑަށް 500 އެމެރިކާ ޑޮލަރުގެ ވިޔަފާރި ރާއްޖެއިން ބޭރުގައިވެސް ކުރެވޭނެ ކަމަށެވެ.




