މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެލް.ޕީ.ޖީގެ ބާޒާރަށް ބާރުބޮޑުވެ، ދަތުރުފަތުރަށް ދިމާވި ހުރަސްތަކުގެ ސަބަބުން، ދުނިޔޭގެ އެންމެ މުހިންމު އެއް މަސްދަރަށް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައެވެ.
ހަކަތައިގެ އަގުތައް ދިރާސާކުރާ އެޖެންސީއެއް ކަމަށްވާ "އާގަސް" އިން ހާމަކުރާ ގޮތުގައި، ކަނޑުމަގުން ދުނިޔޭގެ ބާޒާރަށް އެކްސްޕޯޓްކުރާ އެލް.ޕީ.ޖީގެ ގާތްގަނޑަކަށް %30 ފޯރުކޮށްދެނީ ގަލްފް ސަރަހައްދުގެ ގައުމުތަކުންނެވެ.
"އޯ.ޕީ.އައި.އެސް" އިން ހިއްސާކޮށްފައިވާ ބާޒާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މައްސަލަތައް ދިމާވުމުގެ ކުރިން މެދުއިރުމަތިން އޭޝިއާ ސަރަހައްދަށް މަހަކު އެވްރެޖްކޮށް 4 މިލިއަން ޓަނުގެ އެލް.ޕީ.ޖީ އެކްސްޕޯޓް ކުރެއެވެ. ނަމަވެސް، އޭގެ ފަހުން މަސްދުވަހުގެ ނިސްބަތުން ބަލާއިރު އެއްވެސް މަހެއްގައި އެކްސްޕޯޓް ކުރެވުނު މިންވަރު 1.5 މިލިއަން ޓަނަށްވުރެ މައްޗަށް ގޮސްފައެއް ނުވެއެވެ.
މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ރަތްކަނޑުގެ ބަނދަރެއްކަމަށްވާ ޔަންބޫ މެދުވެރިކޮށް ކުރިއަށްގެންދާ ބަދަލުމަގުގެ އެކްސްޕޯޓް ވޮލިއުމްވެސްވަނީ ދަށަށް ގޮސްފައެވެ.




