Ad

"ނަރުހުންނަށް ރަނގަޅަށް ޚިދުމަތްދެވޭނީ ޒާތީ ޖަޒުބާތާއި ނުތަނަވަސްކަން އެއްކައިރި ކޮށްގެން"

މިއީ މީހުންގެ އިތުބާރު ލިބޭ ދާއިރާއެއް: ނާޝިދާ

ނަރުހުންނަކީ ސިއްޚީ ދާއިރާގެ އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނެވެ. ބަލި މީހާއާ ފުރަތަމަ ބައްދަލިވާނީ ވެސް އެމީހުންނާއެވެ. ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު އެހީތެރިއަކަށް ވާނީވެސް ނަރުހުންނެވެ. އެހެންކަމުން ނަރުހުންގެ ފަރާތުން ބަލި މީހުންނާއި އޯގާތެރިކަމާއި އަޅާލުމާއި ލޯތްބާއި ކުލުނު ލިބުން މަޖުބޫރެވެ. މިފަހަރު އިރުވަރު ނޫހުން މި ހިމަނާލާ އިންޓަވިއުއަކީ އެފަދަ ހުރިހާ ކަމެއް ހިތުގެ އަޑިން ގަބޫލުކުރާ ނަމޫނާ ނަރުހެކެވެ. ޚިދުމަތުގައި މިހާރު 16 އަހަރު ވެއްޖެއެވެ؛ އޭނާގެ ވާހަކަތައް ކިޔާލަމާހެއްޔެވެ.

ނަމާއި އެޑްރެސް: އާމިނަތު ނާޝިދާ

އުފަން ރަށް: ހއ.ދިއްދޫ

މިހާރު ވަޒީފާ އަދާކުރާތަން: ހއ އަތޮޅު ހޮސްޕިޓަލް

ކުރިން ވަޒީފާ އަދާކުރި ތަން: ހއ ބާރަށު ހެލްތު ސެންޓަރ

 

ދާއިރާގެ ތަޖުރިބާ:

މިއީ މިދާއިރާގައި 16 ވަނަ އަހަރު (2004 ގައި ޖޫނިއަރ އެސިސްޓެންޓް  ނާރސް އަކަށް އުޅެފަ، 2011 ވަނަ އަހަރު ޑިޕޮލޮމާރ އިން ނާރސިންގ ހެދުމަށްފަހު ރެޖިސްޓާރޑް ނާރސް އަކަށް ބަދަލުވީ. ދެން 2020 އޭޕްރީލް ގައި ބެޗްލަރ އޮފް ނާރސިންގ ނިންމީ، މިހާރު މަސައްކަތް ކުރަނީ ސީނިއަރ ރެޖިސްޓާރޑް ނާރސް އަކަށް، މިހާރު މާރސްޓާރ އޮފް ނާރސިންގ ކިޔަވަމުން މިދަނީ. މީގެއިތުރުން ގިނަ ވޯކްޝޮޕް އަދި މި ދާއިރާގެ ގިނަ ރިފްރެޝްމެޓް ޓްރެނިން ހެދިފައި ހުންނާނެ.

އިރުވަރު: ކޮވިޑް ދުވަސްވަރު ކުރެވުނު އެންމެ މުހިއްމު ތަޖުރިބާއަކީ ކޮބާ؟

އައިމިނަތު ނާޝިދާ: ކޮވިޑް ގެ ކަންތައް ފެށިގެން އައީ އޭގެ މާބޮޑު މައުލޫމާތުތަކެއް ނޭނގޭ އާ ކަންތައްތަކެއްގެ ގޮތުގައި، މި ބަލިމަޑުކަން ފެތުރެންފެށިއިރު ފުރަތަމަ މަސައްކަތްކުރަންވެސް ޖެހުނީ ފްރޮންޓްލައިންގައި، އެއީ ލިބުނު ތަޖުރިބާއެއް.

ނާޝިދާ، އޭނާއާކު ހޮސްޕިޓަލްގައި މަސައްކުރާ ޑޮކްޓަރުންނާ ނަރުހުންނާއެކު

ނަރުހަކަށްވީތީ ވަކި ޚާއްސަކަމެއް ހުރޭތަ؟

މިއީ މީހުން އިތުބާރު ލިބޭ ދާއިރާއެއް، އެގޮތުން އާއިލާގެ ތެރެއިން ވިއަސް ރައްޓެހިންގެ ތެރެއިން ވިއަސް ސިއާއިލީެސް ޖެހުނިބ\ސއްޚީ ލަފައެއް ހޯދަން ޖެހިއްޖެނަމަ ފުރަތަމަ ވެސް އަހާލާނެ އަޅުގަނޑުގެ ކައިރީ، އެއީ ވަރަށް ޚާއްސަކަމެއް.

 

ބަލިމީހުގެ ފަރާތުން ލިބެނީ ރަނގަޅު ފީޑްބެކްއެއްތޯ؟ ދެރަވާ ފަދަ ކަންކަން ދިމާވޭތޯ؟

މިހާ ތަނަކަށް ނުލިބޭ ނެގެޓިވް ފީޑްބެކްއެއް، މިއީ ވަރަށް ބަލައިގަންނަ މަސައްކަތެއް، ދާއިރާގެ ގޮތުން ބައެއް ފަހަރު ދެރަވާ ކަންތަކާއިވެސް ދިމާވޭ. ނަރުހަކަށްވީމަ ޤަބޫލުކުރެވޭ ބަލިމީހާގެ ޝަކުވާވެސް ފުރަތަމަ އަންނާނީ ނަރުހުންނަށްކަން.

 

ނަރުހަކަށްވީ ކީއްވެގެންތޯ؟

މިއީ އަޅުގަނޑަށް ލިބުނު ފުރުޞަތެއް، މަންމަ އަކީ މިދާއިރާގައި އުޅޭމީހަކަށްވާތީ ލިބުނު ފުރުޞަތެއް މިއީ، މިހާރު ވަރަށް އުފާވޭ މި ދާއިރާ ނެގުނީތީ.

 

މިހާރު ވަޒީފާ އަދާކުރާތަނުގެ ގޮތުން ޒިންމާތަކަށް ބަދަލު އާދޭތޯ؟

މިވަގުތު މަސައްކަތްކުރަނީ ޑައިލިސިސް ޔުނިޓްގައި، މިއީ ވަރަށް ކްރިޓިކަލް އޭރިއާއެއް، އާއްމު ބަލިތަކުގެ މީހުންނާއި ވަރަށް ތަފާތު، ވަރަށް ތަފާތު ތަޖުރިބާއެއް މިއީ.

 

އާއިލާއަށް ވަގުތު ދެނީ ކިހިނެއް؟

ޑިއުޓީ ނޫން އެހެން ހުރިހާ ގަޑިތަކެއް ހުސްކުރަނީ އާއިލާއަށް، ވަކިން ޚާއްސަކޮށް ހަވީރުގެ ވަގުތު، އަދި މިހާރު ރޭގަނޑުވެސް ވަގުތު ވޭ އެކަމަކު މިދުވަސްވަރު ގިނަވަގުތު ހޮސްޕިޓަލްގައި އުޅެވެނީ (ހާއްސަކޮން ކުލަސްޓާރ ފެނިއްޖެނަމަ) އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކޮށްލަށް މިދާއިރާއިން ކުރިއަށްދާން ފިރިމީހާގެ ފަރާތުން ލިބޭ ސަޕޯޓް. ދެން އާއިލާގެ ފަރާތުންވެސް ވަރަށް ބޮޑަށް ސަޕޯޓް ލިބޭ.

ނާޝިދާ ފިރިމީހާ އާއެކު

ނަރުހެއްގެ ވިސްނުން ހުންނަންޖެހެނީ ކިހިނެއް؟

ނަރުހަކަށްވީމައި އެންމެ ފުރަތަމަވެސް ސަމާލުކަން ހުންނަންޖެހޭނީ ބަލިމީހާއަށް، އަމިއްލަ ދިރިއުޅުމުގެ ކަންބޮޑުވުންތައް އެއްކައިރިކޮށްލާފައި ބަލިމީހުންގެ ކަންތައް ވީ އެންމެ ފުރިހަމައަށް ކޮށްދެވޭތޯ ބަލަންޖެހޭ، ނަރުހުންނަކީ އަބަދުވެސް ވަރަށް އޯގާތެރިބަޔަކަށްވާންޖެހޭ، އެހެންވެ އަބަދުވެސް ބަލަން ވީ އެންމެ ރަނގަޅަކަށް ޚިދުމަތް ދެވޭތޯ،

 

ކޮވިޑް ހާލަތުގައި މަސައްކަތްކުރިއިރު ކަންބޮޑުވާފަދަ ކަމެއް ދިމާވިތޯ؟

ކޮވިޑްގައި މަސައްކަތްކުރަންޖެހުނީ ފްރޮންޓްލައިންގައި، ކަންބޮޑުވާންޖެހޭ ކަމަކަށް ދިމާވީ މި މަސައްކަތުގައި އުޅޭތީ މީހުންގެ ވިސްނުން ހުންނަ ގޮތް، ވަރަށް ބޮޑަށް އިހްސާސްކުރެވޭ ތަފާތުކުރުން ގެންގުޅޭކަން، މީހުންނަށްވެސް އަދި އެކުގައި މަސައްކަތްކުރާ މީހުންނަށްވެސް ހީވެފައި އޮންނަނީ ސާމްޕަލް ނަގަން އުޅޭތީ ދެން ތިބެންޖެހޭނީ އެންމެންނާއި ވަކިންނޭ، ހީވަނީ އަޅުގަނޑުމެންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުޞަތު އެމީހުންނަށް ބޮޑުވެފައި އޮންނަނީހެން.

ތިޔަ ވަޒީފާގައި އެންމެ ދެރަވި ދުވަހަކީ ކޮބާ؟

ތުއްތު ކުއްޖަކު ގެނބިގެން ނިޔާވި ދުވަސް ވަރަށް ދެރަވި، އެގޮތަށް ކުއްލި އަކަށް ދިމާވާ ހުރިހާ މަރުތަކެއްގެ ސަބަބުންވެސް އަސަރުކުރޭ،

އެންމެ ހާސްވެ ކަންބޮޑުވި ހާދިސާއަކީ ކޮބާ؟

އެހެން ފާހަގަކުރެވިފައި ނެތް، ވަކި ކަމެއް ދިމާވެގެން ވަރަށް ހާސްވެގެން އުޅުނުހެން ހިއެއް ނުވޭ.

އެންމެ އުފާވި ދުވަހަކީކޮބާ؟
އެންމެ އުފާވީ ހއ އަތޮޅު ހޮސްޕިޓަލްގައި ޑއިލިސިސްގެ ޚިދުމަތް ފެށުނު ދުވަހު، އެއީ ވަރަށް ގިނަ ދުވަހުގެ މަު ދުވަހު، އެއި ދިމ ސައްކަތުން ފެށުނު ޚިދުމަތެއް.

ނިންމާލަމުން ބުނެލަން ބޭނުންވަނީ ކީކޭ؟

މި ދާއިރާއަށް ރަށުގެ ގިނަ ކުދިން ނިކުމެ ޚިދުމަތްކުރާ ދުވަހެއް ދެކެން ވަރަށް ބޭނުން. މިއީ ކެރިއަރެއްގެ ގޮތުގައި ކުރިއަށް ދާން ވަރަށް ރަނގަޅު ދާއިރާއެއް. މިއީ މީހުން ބަލައިގަންނަ ޕޮރޮފެޝަނަލް ދާއިރާއެއް، މި ދާއިރާއަށް ދިއްދޫގެ ގިނަ ކުދިން ޝައުޤުވެރިކަމާއި އެކު ކުރިމަތިލައި ޚިދުމަތްކުރާތަން ދެކެން ބޭނުން.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މާމިގިލީ ނަރުހުންނަކީ ވަރަށް ބޮޑާބަޔެ. ޕްރޮފެއްސަރު ލެވެލްގެ ޑޮކްޓަރުންނަށް ވުރެ 100 ގުނަ މަތީބަޔެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *