Ad

ހިޔާފްލެޓް ލިސްޓަށް ޝަކުވާ ހުށަނޭޅޭ މައްސަލާގައި "ޢާންމު އެކުވެރި ގުޅުން" ފަރާތުން އޭސީސީއަށް

ހިޔާ ފްލެޓަށް ކުރިމަތީލީ ފަރާތްތަކަށް އަލުން ޕޮއިންޓްދީ ސަރުކާރުން އެކުލަވާލާފައިވާ ލިސްޓަށް ޝަކުވާ ހުށައެޅުމަށް އެކަށީގެންވާ ފުރުޞަތު ފަހިކޮށްދީފައި ނުވާކަމަށްބުނެ އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅައިފިއެވެ.

މި މައްސަލަ ރަސްމީކޮށް އޭސީސީއަށް މިއަދު ހުށައަޅާފައި މިވަނީ، ފްލެޓް މައްސަލައާ ގުޅިގެން ޢާންމު ރައްޔިތުންގެ އަޑުއުފުލައި ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމުގެ ބޭނުމުގައި އުފެއްދިފައިވާ މަދަނީ ޖަމްޢިއްޔާއެއް ކަމުގައިވާ "ޢާންމު އެކުވެރި ގުޅުން" ގެ ފަރާތުންނެވެ.

ކުރިން "ކޮތަރު ކޮށި" ނަމުގައި އިޖްތިމާޢި މަންސަތަކުގައި ނުރަސްމީކޮށް ކުރިއަށް ގެންދެވުނު ޙަރަކާތެއްގެ ތެރެއިން އުފަންވެގެން އައި މިޖަމިއްޔާގެ ފަރާތުން އަންނަނީ ފްލެޓާ ގުޅިގެން އެތައް ސަތޭކަ ރައްޔިތުންނެއްގެ ކަންބޮޑުވުންތައް ދިރާސާކޮށް އެކަންބޮޑުވުންތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށައަޅައިގެން ޙައްލު ހޯދުމަށް އެހީތެރި ވެދެމުންނެވެ.

ފާއިތުވެދިޔަ ސަރުކާރުން ކުރިއަށް ގެންގޮސް އެއްކޮށް ނިމުމަކާ ހަމައަށް ގެނެސްފައިވާ މިމަޝްރޫޢުގެ ދަށުން ހިޔާ ފްލެޓް ލިބޭފަރާތްތަކަށް ރަސްމީ ލިޔުން އޭރުގެ ހައުސިން މިނިސްޓްރީއިން ދޫކޮށްފައި ވީނަމަވެސް، އޭރުގެ ސަރުކާރުން ފްލެޓްތައް "ބެހުން" ގައި "ޖަރީމާ" ތަކެއް ހިންގާފައިވާކަމަށް މިސަރުކާރަށް ޤަބޫކުކުރެވިގެން ހައްޤުވެރިންނަށް ފްލެޓް ދިނުމުގެ ބޭނުމުގައި ރިޔާސީ ކޮމިޝަނެއް ރައީސް ޞާލިޙް އުފައްދަވައި އެކޮމިޝަނުގެ ފަރާތުން އައު ލިސްޓެއް ޢާންމުކޮށްފައި ވީނަމަވެސް، ޙައްޤުވެރި ފަރާތްތަކަށް ފްލެޓް ލިބިގެން ނުދާކަމަށްބުނެ ޢާންމު ރައްޔިތުން ކުރަމުން އަންނަ ޝަކުވާތަކާއި ހިތުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަދިވެސް ނިމުމެއް އައިސްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ރައީސް ޔާމީނުގެ ވެރިކަމުގެ ފަހުކޮޅު ހިޔާމަސްރޫއުން ފުލެޓް ލިބޭނެކަމަށް ލިއުން ލިބިފަވާމީހުންގެ ތެރެއިން ބައެއް ފަރާތްތަށް ބާކީކުރާނަމަ މީގެކުރީން ރައީސް ޔާމީނުގެ ވެރިކަމުގަ ޑރ.މުއިއްޒުގެ މިނިސްޓަރ ކަމުގަ ދޫކޮށް މިހާރު ދިރިއުޅެމުންދާ ފުލެޓްތައްވެސް ދީފަހުރީ އޭގެ ހައްގުވެރިންނަށްތޯ ބަލާ އުސޫލާއި ހިލާފަށް ދީފަވާ ފުލެޓެއްނަމަ އަތުލެވެންޖެހޭނެ. ނުހައްގު މަންފާއެއް ހޯދިކަމަށްބުނެ ރައީސްޔާމީނަށް ދައުވާކޮށް ފައިސާހޯދަން އަމުރުކުރިގޮތަށް ފުލެޓްތަށްވެސް އަތުލެވެންޖެހޭނެ.ފައިސާ އެކަންޏެއްނޫން އަތުލަންޖެހެނީކީ އެހެން އެއްޗެހިވެސް އަތުލެވެންޖެހޭނެ. ބާރާ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ގޮތުގަ ހޯދޭ އެއްޗަކަށް މިވަނީ ފައިސާ އެކަނި އެއީ ކޯޓްތަކުން އެފައިސާ ދައްކަން ހުކުމް ކުރާތީ. ނަމަވެސް އެގޮތަށް ހޯދާފަ ހުރި ފުލެޓްތަށް ހޯދާކަށް އެއްވެސް ސަރުކާރަކުން ނޫޅެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *