ރައްޔިތުންގެ މަޖްލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑް) ރޭގެ ވަގުތެއްގައި ކުރެއްވި އައު ކައިވެންޏާއެކު ޝާޑުގެ "ކުރީގެ" އަނބިކަނބަލުން އިރުތިޝާމް އާދަމް ތަފާތު ޓްވީޓެއް ކުރަށްވައިފިއެވެ.
"ބޭރުފުށުން ފެންނަ ކަންކަމާއި، ތިމާއަށް ނޭނގޭ ކަންކަމާއި އަދި އެތެރެފުށުގައި ފޮރުވިފައި ހުންނަ ކަންކަމުން، މުޅިން އެހެން ގޮތަކަށް ޤަބޫލުކުރަން ޖެހިދާނެ. ވީމާ، ބޭރުފުށަށް އެކަނި ބަލައި ގޮތް ނިންމުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނުވެދާނެ. މުސްކުޅި ހަރުބަހެއްގައި ވިދާހާ އެއްޗަކީ ރަނެއްނޫނޭ ބުނެވޭހެން"
ކުރީގެ މެންބަރު ޝާޑުގެ ކައިވެނީގެ ޚަބަރުތަކާއި އެޙަފްލާގެ "ހިތްގައިމު" ފޮޓޯތަށްވެސް މިއަދުގެ ނޫސްތަކުގެ ފަލަ ސުރުޚީތަކަށް އަރާފައި ވަނިކޮށް، ކުރީގެ ހެލްތު މިނިސްޓަރު އަދި ޝާޑުގެ އެންމެފަހުގެ އަނބިކަބަލުން ކުރީގެ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ކުރެއްވި ޓްވީޓުގައި ބުނުއްވާފައި ވެއެވެ.
https://twitter.com/IruthishamAdam/status/1345340694752202752?s=20
މިފަދަ މޭރުމަކުން އިރުތިޝާމް ކުރެއްވި ޓްވީޓުގައި ތަފާތު ގިނަ އެމޮޖީސްތައް ހިމަނުއްވާފައިވާ ވީނަމަވެސް، އެ އެ "ޚާއްޞަ" އެމޮޖީސްތައް މާނަކުރެއްވުމުން ޝާޑު ނުވަތަ ހަގު އަތްބަށް ނުވަތަ ޚުދު އެކަމަނާއަށް، ނޫންނަމަ ކިޔުންތެރިންނަށް ނަމަހީވެސް ދޫކޮށްލުމަކީ ޙައްޤު މިންވަރުކަމުގައި ދެކެ، "ދެކަންފަތް ދިގު" އެމޮޖީ މާނަކުރުން ބުއްދިވެރި ނޫންކަމަށް ބަލައި ނިންމާލަމެވެ.