Ad

700 ޓަނުގެ މުދަލާއެކު ކާގޯފެރީ ކުޅުދުއްފުއްޓަށް ބަނދަރުކޮށްފި

މިއީ ކާގޯ ފެރީ ކުޅުދުއްފުއްޓަށް އައި 4 ވަނަ ފަހަރު

ކާގޯ ފެރީ 700 ޓަނުގެ މުދަލާއެކު މިއަދު ކުޅުދުއްފުއްޓަށް ބަނދަރުކޮށްފިއެވެ.

މިއީ ކާގޯ ފެރީ ކުޅުދުއްފުއްޓަށް އައި 4 ވަނަ ފަހަރެވެ. އިންޑިއާގެ ކޮޗިންއާއި ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ޙިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 26 ވަނަ ދުވަހުއެވެ.

ކާގޯ ފެރީގެ ދަތުރުތައް ހަމަޖެހިފައިވަނީ ކޮޗިންއިން ޓުޓިކޮރިންއަށް، ޓުޓިކޮރިންއިން މާލެއަށް އަދި މާލެއިން ކުޅުދުއްފުއްޓަށެވެ. ކޮޗިން-ކުޅުދުއްފުށި ފެރީ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ ރާއްޖޭގެ އެޖެންޓް މޯލްޑިވްސް ސްޓޭޓް ޝިޕިންގ އިން ބުނީ މިފަހަރުގެ ކާގޯ ފެރީގައި 700 ޓަނުގެ މުދާ ގެނެސްފައިވާކަމަށެވެ. މީގެތެރޭގައި ގިނައިން ހިމެނެނީ އިމާރާތްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އާންމު މުދަލެވެ.  ކޮންމެ ފަހަރަކުވެސް ކާގޯ ފެރީއިން ކުޅުދުއްފުއްޓަށް ގެންނަ މުދަލުގެ އަދަދު އިތުރުވަމުންއަންނަކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގ އިން ބުނެއެވެ.

ކޮޗިން ފެރީން ރާއްޖެއަށް މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގއިން ބުނެއެވެ. އެ ކުންފުނީގެ ހޮޓްލައިންއަށް ނުވަތަ އީމެއިލް މެދުވެރިކޮށް މުދާ ގެނައުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *