Ad

އާސެނަލްއިން ފަސޭހަކަމާއެކު ވެސްޓް ބްރޮމްވިޗް ބަލިކޮށްފި

އިންގްލިޝް ޕްރިމިއަރ ލީގުގައި އާސެނަލް އާއި ވެސްޓް ބްރޮމްވިޗް އެލްބިއަން ބައްދަލުކުރިމެޗް ފަސޭހަ ކަމާއެކު އާސެނަލް ކާމިޔާބުކޮށްފިއެވެ. ވެސްޓް ބްރޮމްވިޗްގެ ދަނޑުގައި ކުޅުނު މިމެޗް އާސެނަލް ކާމިޔާބުކުރީ 4 ލަނޑު ސުންލަނޑުންނެވެ. މިއީ ލީގުގައި އާސެނަލް ޖެހިޖެހިގެން މޮޅުވި 3 ވަނަ މެޗެވެ. އޭގެކުރިން ކުޅުނު 7 މެޗުން އެޓީމް މޮޅުވެފައެއް ނުވެއެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 23 ވަނަ މިނެޓްގައި ޖަހާދިނީ އާސެނަލްގެ ޑިފެންސަރ ކުޅެމުންދާ ކިއެރަން ޓަރނީއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު އޭގެ ފަސް މިނެޓްފަހުން ޖަހާދިނީ ބުކާޔޯ ސާކާއެވެ. މިމެޗްގައި އާސެނަލްގެ ފަހު ދެލަނޑު ވަރަށް ގާތް ގާތުގައި މެޗްގެ 60 ވަނަ މިނެޓާއި 64 ވަނަ މިނެޓްގައި ޖަހާދިނީ ތަޖުރިބާކާރު ފޯވަޑް އެލެގްޒެންޑަރ ލަކަޒެޓްއެވެ.

މި މޮޅާއެކު އާސެނަލް މިހާރުވަނީ ކުޅުނު 17 މެޗުން ލިބިފައިވާ 23 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިމެޗުން ބަލިވި ވެސްޓް ބްރޮމްވިޗް އުޅެނީ 17 މެޗުން ލިބިފައިވާ 8 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *