Ad

ރައީސް ނަޝީދު ޑރ އިޔާޒަށް:"ޔާރު ޔޫ އާރ އިން ލަވް"

ރާއްޖޭގެ މަޝްހޫރި ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒަށް ނިސްބަތްކުރަށްވައި، ""ޔާރ ޔޫ އާރ އިން ލަވް" ކަމަށް ވިދާޅުވެ ރައީސް ނަޝީދު ޑރ. އިޔާޒަށް ފުރައްސާރަކޮށް ޓްވީޓުކުރަށްވައިފިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެ ޓްވީޓެއް ކުރަށްވާފައި މިވަނީ، އަޅުގަނޑުމެން މުސްލިމުން މީހުންނާ ގުޅުންބަދަހި ކުރަނީ އަދި ރުޅިއަންނަނީވެސް މާތް ﷲ އަށްޓަކައި ކަމަށާއި "އަނެއް ދިވެހިރާއްޖެ" އަށް އެކަން ނޭނގި އޮތުމުން ސާފުކޮށްލަދިނީކަމަށް ވިދާޅުވެ ޑރ. އިޔާޒް ކުރެއްވި ޓްވީޓަކަށް ރައްދުދެއްވަމުންނެވެ.

https://twitter.com/anedhivehirajje/status/1345717210816401411?s=20

އެލެކްސް އަޙްމަދުގެ ނަމުގައި ރައީސް ނަޝީދު ގެންގުޅުއްވާ "ފޭކް" އެކައުންޓުން ކުރެއްވި މި ޓްވީޓަކީ ޑރ. އިޔާޒަށް ނިޞްބަތްކުރަށްވައި މިއަދު ކުރެއްވި މިފަދަ ދެވަނަ ޓްވީޓެވެ.

އަމިއްލަފުޅަށްވެސް އެއީ އެމަނިކުފާނުކަމަށް ތަކުރާރުކޮށް ވިދާޅުވެދެއްވުމާއިވެސް އެކު "އެލެކްސް އަޙްމަދު" ގެ ނަމުގައި ހަރަކާތްތެރިވާ ޓްވިޓަރ އެކައުންޓަކީ ރައީސް ނަޝީދުކަން ކަށަވަރުވެފައިވާ މި އެކައުންޓުން ޑރ. އިޔާޒަށް ނިޞްބަތްކުރަށްވައި ފުރަތަމަ ކުރެއްވި ޓްވީޓަކީވެސް އިންތިހާ ދަށުދަރަޖައިގެ ޓްވީޓެކެވެ.

ފާޙިޝް ޢަމަލެއްގެ ތުހުމަތުކުރަށްވައި ޢާންމު އަޚްލާޤީ މިންގަނޑުންވެސް ބޭރުން ރައީސް ނަޝީދު ކުރެއްވި މިޓްވީޓަށް އެމްޑީޕީގެ ބައެއް މަޖްލިސް މެމްބަރުންނާއި އެކްޓިވިސްޓުންވެސް "ތާޢީދު" ކޮށްފައި ވީނަމަވެސް، ދައުލަތުގެ ތިން ބާރުންކުރެ އެއްބާރުގެ އެންމެ އިސްވެރިޔާގެ ފުށުން މިފަދަ ޢަމަލެއް ފެނިގެންދިޔުމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަން، ހެޔޮވިސްނޭ އަދި ހަމަ ޤަބޫލުކުރަށްވާ ފަރާތްތަކުން ބުނެފައިވެއެވެ.

ރައީސް ނަޝީދުގެ "ޙަމަލާތަކެއް" ގެ ގޮތުގައި ޑރ. އިޔާޒަށް މިއަދު އަމާޒުކުރަށްވާފައިވާ ފުރައްސާރައިގެ ޓްވީޓުތައް ފެށިގެން އައީ، ކްރިސްމަސް ފާހަގަކުރުމާ ބެހޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަތަކާއި އަދިހަމަ "ބަޣާވާތް" އާ ބެހޭގޮތުން ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަތަކާ ގުޅިގެން ޑރ. އިޔާޒުގެ "ހޫނު" ރައްދުތަކެއް ސީދާ ރައީސް ނަޝީދަށް އަމާޒުކުރެއްވުމާއެކުކަންވެސް ފާހަގަ ކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ހިސާބަށް ވުރެ ގޮތެއް ފޮތެއް ނެތުނީ މަ ވާނީ އެހެން….އެހެންވެ އަހަރުމެން ބުނަނީ މިރާއްޖޭގެ އިޖުތިމާޢީ ފޭރާން ވީދާލީ އަންނި އޭ…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *