Ad
ސަރުކާރަށް ތާޢީދުކުރަށްވާ ފަރާތްތަކުން އިދިކޮޅުގެ ނައިބު ރައީސް ޝުޖާއަށް ޖޯކުޖަހައި ހެދި ފޮޓޯ-: ފޮޓޯ: ސޯޝަލް މީޑިއާ
ސަރުކާރަށް ތާޢީދުކުރަށްވާ ފަރާތްތަކުން އިދިކޮޅުގެ ނައިބު ރައީސް ޝުޖާއަށް ޖޯކުޖަހައި ހެދި ފޮޓޯ-: ފޮޓޯ: ސޯޝަލް މީޑިއާ

ކަނބަލުން ކައިރިއަށް "މަތިމަސް ލީ" މީހުން އަންނާނޭ ބުނުމުން ޖޯކުޖެހިޔަސް މިއަދު މިއޮތީ އެމަތިމަސް އައިސްފަ: ޝުޖާ

"މިއަދު ބޮޑު އާގު ބޯޓެއް، މާދަމާ ކަނބަލުން ކައިރިއަށް އަންނާނީ މަތިމަސްލީ މީހުން" މިހެން އެދުވަހު ބުނުމުން އެމްޑީޕީ އިން ޖޯކުޖަހައި ފޮޓޯ ހެދިނަމަވެސް މިއަދު ފެންނަމުން މިދަނީ އެހެން ވަމުންދާތަން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބުރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖްލީހުގެ ބާރަށު ދާއިރާގެ ކުރީގެ މަޖްލިސް މެންބަރުކަންވެސް ކުރަށްވާފައިވާ ޝުޖާ މިފަދައިން ވިދާޅުވެފައި މިވަނީ، ރާއްޖޭގެ ރިސޯޓެއްގައި އިސް ވަޒީފާއެއްގައި ހުރި އިންޑިއާ މީހަކު އޭނާގެ ދަށުން ވަޒީފާ އަދާކުރަމުން ދިޔަ ދިވެހި ޒުވާން އަންހެންކުއްޖަކު "ރޭޕް" ކުރުމުންވެސް އެރިސޯޓުގައި އެޗްއާރ މެނޭޖަރަކަށް ހުރި އިންޑިއާގެ އެހެން މީހަކާ ގުޅިގެން އެމައްސަލަ "އޮއްބާ" ލުމަށްފަހު "ރޭޕް" ކުރި މީހާ ގައުމަށް ފޮނުވާލާފައި ވާކަމަށް ބުނެވޭ މައްސަލައެއް މީޑިއާތަކުން ފެންމަތިކުރުމާ ގުޅިގެން އެކަމަށް އިޝާރާތްކުރަށްވައި ކުރެއްވި ޓްވީޓެއްގައެވެ.

ފާއިތުވެދިޔަ ރައީސް ޔާމީނުގެ ސަރުކާރުގައި ރާއްޖެ-އިންޑިއާ "ތިންފަށް ވަރިން" ވަރިވެ ވަރި ސާބިތުނުވެ އުޅެނިކޮށް ރައީސް ޞާލިޙްގެ މިސަރުކާރުގައި ރާއްޖެ-އިންޑިއާ އިހުނަށްވުރެ "ލޯތް" ބާއެކު އަލުން "އިނދެ" ދެގައުމުގެ ދެމެދުގައި ހުރިހާ ޒާތެއްގެ ގުޅުންތައް ބަދަހިވެގެން ގޮސްފައިވެއެވެ. އަލުން ކައިވެނިކުރަން ކުރި ޝަރުޠުތައް ހާމަކޮށްދީފިނަމަ ޖެހި "ގޮށަށް" ބުރޫ އަރައި މިކުޑަ ޤައުމުގެ ސަލާމަތަށް ނުރައްކާކުރުވަފާނެތީވެ ސިއްރުކުރެވިގެން ނަމަހީވެސް "ޢަސްކަރީ" އެއްބަސްވުންތައްވެސް ހެދިގެން ދިޔަކަން ހާމަވެފައި ވެއެވެ.

ރާއްޖެއަކީ ބައިނަލް އަޤްވާމީ ދުނިޔެއާއި އަދި ޚާއްޞަކޮށް އަވައްޓެރި ޤައުމުތަކާއެކު ގުޅުން ބަދަހިކުރަން ޖެހޭނެ ޤައުމެއްނަމަވެސް އެއްގައުމަކަށް ބަރޯސާވުމާއި، ޤައުމުތަކާއެކު ގުޅުންބަދަހި ކުރުމުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލާއި އަދި ދިވެހިންގެ ވަޙްދަތު ކަމުގައިވާ އިސްލާމް ދީނާ އެދީނުގެ ޘަޤާފަތަށް ހީނަރުކަން އަތުވެދާނެފަދަ ބީދައަކުން ކަންކަން ވަމުންދާ މަންޒަރު ފެންނަމުން ދާތީވެ ރާއްޖެ-އިންޑިއާ މިއަދު ކޮށްގެން އުޅޭ ގޮތްނޭނގޭ "ކައިވެންޏާ" މެދު ގިނަ ރައްޔިތުންގެ ހިތްތަކަށް ނުތަނަވަސްކަން ވެރިވެފައި ވާއިރު، "އިންޑިއާ_އައުޓް" ނަމުގައި އެއްބަޔަކު އެއުދާސްތައް އިޖްތިމާޢީ މަންސަތަކަށް ދޫކުރަމުން ގެންދާކަންވެސް ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *