Ad
ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވި ކުރީގެ އޭސީޕީ ޑރ. ފައިރޫޒް(ކ) އަދި ސީޕީ މުޙައްމަދު ޙަމީދު-: ފޮޓޯ: ޕޮލިސް 
ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވި ކުރީގެ އޭސީޕީ ޑރ. ފައިރޫޒް(ކ) އަދި ސީޕީ މުޙައްމަދު ޙަމީދު-: ފޮޓޯ: ޕޮލިސް 

އެމްޑީޕީ އިސްނަގައި ހުނަރުވެރި ޒުވާނުންގެ މުޞްތަޤްބަލް ކަތިލުމަށްފަހު އުފާފާޅުކުރުމަކީ ލަދުވެތި ޢަމަލެއް: ޑރ. ޖަމީލް

ވެރިކަން ކުރަމުންގެންދާ މައި ޕާޓީ އެމްޑީޕީން އިސްނަގައިގެން ހުނަރުވެރި ޒުވާނުންގެ މުޞްތަޤްބަލް ކަތިލުމަށްފަހު އެކަމާ އުފާފާޅުކުރުމަކީ ލަދުވެތި ޢަމަލެއްކަމަށް ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައި މިވަނީ ފުލުހުންގެ އިސް އޮފިސަރެއްކަމުގައިވާ އެސިސްޓެންޓް ކޮމިޝަނަރުގެ މަޤާމުގައި ހުންނެވި ޑރ. ފައިރޫޝް ރިޓަޔަރ ކުރެއްވުމަށް އިޝާރާތްކުރަށްވައި ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ.

ފައިރޫޒްގެ "އިސްތިޢުފާ" ގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުކަމަށް ގިނަ ބަޔަކު ޤަބޫލުކުރަށްވާ ފުލުހުންގެ އައު ޤާނޫނަށް އިޝާރާތްކުރަށްވައި ޑރ. ޖަމީލްގެ މިޓްވީޓުގައި ވިދާޅުވެފައިވަނީ، އެ ޤާނޫނުގެ މަޤްޞަދަކީ ބަދަލުހިފުންކަމަށާއި އަދި ޤަޢުމެއްގެ ގޮތުގައި މިއީ ވަރަށް ނާތަހުޒީބު ޢަމަލްތަކެއްކަމަށެވެ. އަދި، އެމްޑީޕީން ވަޢުދުވީ މިނިވަންކަމާއި ވަޒީފާގެ ބިރުވެރިކަން ނެތް މުޖުތަމަޢު ކޮބައިތޯ ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވޭމެއެވެ.

"މިއަދު ޑރ. ފައިރޫޒް، މާދަމާ ޝިކާރައަކަށް ވާނީ ކާކުބާ؟ ދިވެހި ޤަޢުމަށް، ވަކިން ޚާއްޞަކޮށް އައްޑޫ ރައްޔިތުންނަށް މި ސަރުކާރުންނާއި އެމްޑީޕީން އަބަދުވެސް ދެނީ ކެހި."

ޑރ. ޖަމީލުގެ މިޓްވީޓު ނިންމަވާލަށްވަމުން އިސްވެ ގެނެވުނު ފައިދައިން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖްލީހަކުން ފާސްކުރެއްވި ފުލުހުންގެ އައު ޤާނޫނުގެ ސަބަބުން "ބާޣީން" އެކަހެރިކުރުމުގެ ފުރުޞަތު ލިބިގެން ހިނގައްޖެކަމަށް ބުނެ އެޕާޓީގެ "އަނެއް" ފެކްޝަން ނުވަތަ ފިކުރުގެ އިސްބޭފުޅުންނާއި އެކްޓިވިސްޓުންވެސް އުފާފާޅުކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *