Ad
މީގެކުރިން ބޭއްވުނު ކައުންސިލް އިންތިޚާބެއްގައި ކަނބަލަކު ވޯޓުލަނީ
މީގެކުރިން ބޭއްވުނު ކައުންސިލް އިންތިޚާބެއްގައި ކަނބަލަކު ވޯޓުލަނީ

އިންތިޚާބު ފަސްކުރިޔަސް ރައްޔިތުންގެ ފިކުރެއް ބަދަލެއް ނުވާނެ. ތިބީ މާޔޫސްވެފައި: އާދަމް ޝަރީފް

"މިއީ ސަރުކާރުން ރާވައިގެން ޤަޞްދުގައި ކުރާ ކަމެއް. އިންތިޚާބު ބާއްވައިފިނަމަ ސަރުކާރު ފެއިލްވެފައިވާ މިންވަރު ރަނގަޅަށް އެނގި ހާމަވާނެތީ ކުރާ ކަމެއް" މެންބަރު އާދަމް ޝަރީފް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރިނަމަވެސް ރައްޔިތުންގެ މިހާރުގެ ފިކުރު ބަދަލުނުވާނެކަމަށާއި ރައްޔިތުން ތިބީ މިސަރުކާރާ މެދު މާޔޫސްވެފައި ކަމަށް ރައްޔިތުންގެ މަޖްލީހުގެ ރ. މަޑުއްވަރީ ދާއިރާގެ މަޖްލިސް މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެވެސް އިސް ބޭފުޅެއްކަމަށްވާ އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި މިހާރު އިޢުލާނުކޮށްފައިވާ ސިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު ސަރުކާރުން މިއަދު އިތުރުކުރުމާ ގުޅިގެން، މާރޗް މަހުގެ 6 ގައިވެސް ކައުންސިލް އިންތިޚާބު ނުބޭއްވޭނަކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވުމާ ގުޅިގެން މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައެވެ.

"މިއީ ސަރުކާރުން ރާވައިގެން ޤަޞްދުގައި ކުރާ ކަމެއް. އިންތިޚާބު ބާއްވައިފިނަމަ ސަރުކާރު ފެއިލްވެފައިވާ މިންވަރު ރަނގަޅަށް އެނގި ހާމަވާނެތީ ކުރާ ކަމެއް" 

މެންބަރު އާދަމް ޝަރީފް ކުރެއްވި މިޓްވީޓުގައި އިތުރަށް ވިދާޅުވެފައިވެއެވެ.

މުޅި ދުނިޔޭގައިވެސް ފެތުރެން ފެށި ކޮވިޑް-19 އާ ގުޅިގެން އެންމެހައި ޤައުމުތަކަކުންވެސް ބަލިން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އަޅާފައި ވީނަމަވެސް، ކޮވިޑް-19 ގެ އެންމެ "ޕީކް" ދުވަސްވަރުގައިވެސް ދުނިޔޭގައި ބޮޑެތި އިންތިޚާބުތައް ބާއްވާފައި ވާކަން ފާހަގަކުރެވެއެވެ. އަވައްޓެރި ސްރީލަންކާގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ އެމެރިކާގެ ރިޔާސީ އިންތިޚާބުވެސް ބާއްވާފައި ވެއެވެ.

އަދިހަމަ، ރާއްޖޭގައިވެސް އެހެން އެންމެހައި ކަންކަމަކަށްހެން މިހިނދު ލުއިދެވި، ކުޅިވަރު މުބާރާތްތަކާއި ސިޔާސީ ހަރަކާތްތަކާއި އެއްވުންތައްވެސް ވަކި އުޞޫލުތަކަކާ އެއްގޮތަށް ބޭވުމުގެ ހުއްދަ އެޗް.ޕީ.އޭއިން މިހާރު ދީފައި ވާއިރު، ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކުގެ އިތުރުން ވެރިކަން ކުރަމުންދާ ޕާޓީގެ މަޖްލިސް މެންބަރުންނާއި އަދި ދައުލަތުގެ އެންމެ އިސްވެރިންނަށް ދާންދެން މާލެއިން އަތޮޅުތަކަށް މިހިނދު ދަތުރުކުރަށްވަމުން ގެންދަވާއިރު އެކަންކަމުގެ ތެރެއިން ޢާންމުންނާއި ސްކޫލް ކުދިންވެސް އެއްކޮށްގެން ހަރާކާތްތައް ހިންގަމުންދާއިރު ކައުންސިލް އިންތިޚާބު ފަސްކުރެވިގެންދާތީވެ އިދިކޮޅުގެ އިތުރުން ގިނަ ޢާންމުރައްޔިތުންވެސް ކަންބޮޑުވުމާއި ނުރުހުން ފާޅުކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *