Ad

ބިއްލޫރި ޝީޓުތަކެއްގެ ދަށުވެ މީހަކު ޒަހަމްވެއްޖެ

އެމްޕީއެލް ސަރަހައްދުގައި ކޮންޓޭނަރެއް ހުސްކުރުމުގެ ތެރޭގައި ބިއްލޫރި ޝީޓުތަކެއް މީހެއްގެ ގައިމައްޗަށް ވެއްޓި އޭމީހާ ޒަހަމްވެއްޖެއެވެ.

މިނޫހަށް މައުލޫމާތު ކަށަވަރުވެފައިވާ ގޮތުގައި އަދިވެސް އެމީހާވަނީ އެޝީޓުތަކުގެ ދަށުގައެވެ.

އެމްއެންޑީއެފް މީޑިއާ އޮފިޝަލް ދާދިދެންމެއަކު ހާމަކުރެއްވިގޮތުގައި ޝީޓުތަކުގެ ދަށުގައި ތާށިވި މީހާ ސަލާމަތް ކޮށްގެން މިހާރު ހޮސްޕިޓަލަށް ގެންދިވިއްޖެއެވެ.

ޝީޓު ވެއްޓުމުގެ ހާދިސާގައި ދެމީހަކަށް އަނިޔާވެފައިވާއިރު ފުރަތަމަ އެކަކު ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް ބޮޑަށް ތާށިވީ މީހާ އެމްއެންޑީއެފް ގެ މަސައްކަތާއެކު ސަލާމަތްކޮށް މިހިނދު ހޮސްޕިޓަލަށް ގެންދެވިފައިވާކަންވެސް ފާހަގަ ކުރެވެއެވެ.

ފަހުން ސަލާމަތްކުރެވުނު މީހާއަށް ބޮޑެތި ޒަޙަމްތަކެއް ލިބިފައިވާކަން ކަށަވަރުކުރެވުނަސް އެކަމުގެ ތަފްޞީލެއް ރަސްމީ ފަރާތަކުން އަދި ހާމަކޮށްފައި ނުވެއެވެ.

ތަފްޞީލް އަންނަނީ…

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *