Ad

އަލީބާބާގެ ވެރިޔާގެ ވާހަކަތައް ރިޕޯޓުކުރާއިރު ސަރުކާރުގެ މަސްލަހަތު ދެމެހެއްޓުމަށް މީޑީޔާތަކަށް ޗައިނާ ސަރުކާރުން އެންގި

ޖެކް މާ އާ ގުޅޭ މައްސަލައެއް ތަހުގީގުކުރަމުން ގެންދާކަން ކަށަވަރުވެފައިވޭ

ޗައިނާގެ އެންމެ ނުފޫޒު ގަދަ އެއް ބިލިއަނަރު، އަލީބާބާގެ ވެރިޔާ ޖެކް މާ ކުއްލި އަކަށް "ގެއްލުމުގެ" ހަގީގަތާމެދު ދުނިޔޭގެ މީޑިޔާއިން ގެންދަނީ ތަފާތު ދިރާސާތައް ކުރަމުންނެވެ. އެހާ ކުއްލި ގޮތަކަށް ސޯޝަލް މީޑިޔާއިންނާއި އެނޫން ވެސް ހަރަކާތްތަކުން ޖެކް މާ މިހާރަކު ނުފެނެއެވެ.

ޗައިނާގެ އެތެރޭގެ ސިޔާސަތުތަކާއި އިގްތިސާދު ދިރާސާކުރާ ފަރާތްތަކުން ބައިނަލްއަގުވާމީ އެކި މީޑިޔާތަކުގައި ދައްކާފައިވާ ވާހަކަތައް ދިރާސާކޮށްލާއިރު އެއްކަމެއް ފާހަގަވާން އެބައޮތެވެ. އެއީ ޖެކް މާގެ ކުއްލި "ގެއްލުމާ" ޗައިނާ ސަރުކާރާ ގުޅޭ ކަމެވެ. ވެރިކަން ހިންގާ ޗައިނާ ކޮމިއުނިސްޓް ޕާޓީއާ ގުޅޭކަމެވެ.

ނުފޫޒު ފަދަ ވިޔަފާރިވެރިން އެޕާޓީގެ ވިސްނުމުގެ ތެރޭގައި ބޭތިއްބުމަކީ އެމީހުންގެ އެންމެ ވިހަ ވިސްނުމެވެ. ވަރަށް ގިން މިނިވަންކަން ހުއްޓުވާ އަބަދުވެސް އެމީހުންގެ ހަރަކާތްތަކަށް ފާރަވެރިވެ، އެމީހުންގެ ކުށްތައް ހޯދުމަށް ކެނޑިނޭޅި ކުރެއެވެ.

އަލީބާބާގެ ދިގު މާޒީގައި ޗައިނާ ސަރުކާރާ ގުޅުން ރަނގަޅަށް ބޭއްވިއެވެ. ޖެކް މާ އެއްވެސް އިރެއްގައި ސިޔާސީ ވާހަކަ ނުއްކާއެވެ. ފޯރަމްތަކުގައިވެސް މުޅިން ވެސް ވިސްނުން ގެންގުޅެނީ އިލްމީ ގޮތުންނެވެ. ވާހަކަތައް ކިޔައިދެނީ ތަޖުރިބާއިންނެވެ.

މައްސަލަ ފެންމަތިވަނީ މިހިސާބުންނެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ޖެކް މާ ޗައިނާ އާއި ދުނިޔޭގެ ގިން ގައުމުތަކަށް ވަރަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔައެވެ. އެކަމުގެ ސަބަބުން ޗައިނާގެ އާންމުންގެ މެދުގައި އޭނާގެ މަގުބޫލުކަން އިތުރަށް ބޮޑުވިއެވެ. އަދި އޭނާގެ ކުންފުންޏަކުން ޗައިނާގެ ވިޔަފާރިވެރިންނަށާއި ޕްރޮޖެކްޓައް ހިންގާ ފަރާތްތަކަށް ލޯނު ދޫކުރަން ފެށުމުން، ވެރިކަން ހިނގާ ޕާޓީ އާއި ސަރުކާރުގެ ބޮޑުންނާ އެތައް ގޮތަކުން ގުޅިފައިވާ ބޭންކުތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ފެށިއެވެ.

މިކަމާ ގުޅިގެން ޗައިނާ ސަރުކާރުގެ ތަރުޖަމާނަކު ނުސީދާކޮށް މިޑިޔާގައި ވިދާޅުވެފައިވަނީ ވަކިވަކި ފަރުދުންނަށް ޗައިނާގެ އިގްތިސާދު ކޮންޓްރޯލުކޮށް އިޖުތިމާއީ ހަމަޖެހުމުގެ ތެރެއަށް ވަދެގަންނަން ފުރުސަރު ނެތް ކަމަށެވެ.

އޭގެ ފަހުން ޖެކް މާގެ ހިއްސާ އޮންނަ ކުންފުންޏަކުން ހިންގާފައިވާ ފައިސާގެ މުޢާމަލާތްތަކެއް، ގާނޫނާ ޚިލާފުކަމަށް ބަލައި އެކަން ޗައިނާގެ ކަމާ ބެހޭ އިދާރާތަކުން ތަހުގީގުކުރަން ފެށިއެވެ. އަދި ޖެކް މާ އަށް ގައުމުން ބޭރަށް ނުދިއުމަށް ވެސް އެންގިކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ޖެކް މާ ގެ ތަހުގީގާ ގުޅޭ ކަންކަމާއި އަދި އަލިބާބާގެ ވާހަކަތައް ރިޕޯޓްކުރާއިރު ވެރިކަން ހިންގާ ޕާޓީގެ މަސްލަހަތު ދެމެހެއްޓުމަށް ޗައިނާގެ މީޑިތާތަކަށް ސަރުކާރުން ވަރަށް ހަރުކަށިކަމާއެކު އަންގާފައިވާ ކަމަށްވެއެވެ. ބައެއް މީޑިތާތަކުން ޗައިނާ ބަހުން ގެންނަ ހަބަރުތަކުގައި ސަރުކާރުގެ އެންގުމާ އެއްގުމާ އެއްގޮތަށް ރިޕޯޓުކުރި ނަމަވެސް އިނގިރޭސިބަހުން ގެންނަ ޚަބަރުތަކުގައި އެ ނުފޫޒެއް ނުހުރެއެވެ.

އަލީބާބާގެ ވެރިޔާ ކުއްލިއަކަށް މީޑިޔާތަކުން ގެއްލުނީ ޗައިނާ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާމެދު ފާޅުކަން ބޮޑު ގޮތެއްގައި ފާޅުކިއުމަށް ފަހުއެވެ.

ދިރާސާކުރާ ފަރްތަކުން ދެކޭ ގޮތުގައި މިހާރު ޖެކް މާ އަށް އޮތީ ދެ ގޮތެވެ. އެއީ ސަރުކާރުން އަންގާ ގޮތަކަށް އަމަލުކޮށްގެން މަޑުން ހުރުން ނޫނީ ޖަލުގައި ބަންދުވުމެވެ. މާގިނަ ދުވަހެއް ނުވެ މި ހުރިހާ ކަމެއްގެ ހަގީގަތް ދުނިޔެއަށް ހާމަވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *