Ad
މަޑަވެލީ ލެބޯޓްރީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-: ފޮޓޯ: މެމްބަރު ފިރުޝާން
މަޑަވެލީ ލެބޯޓްރީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-: ފޮޓޯ: މެމްބަރު ފިރުޝާން

ހުމާ އާމައި ޔޫރިން ޓެސްޓާހަދަންނަ ތެނަދުއަށް ނޮގޮހޮ މަޑަވެެއްލޭން އެކަމާ މިހިނދު ވިއެންނެ

ހުމެއް އައުމުން ކުޑަކަމުދާތަކެތީގެ ޓެސްޓެއް ހަދާލުމަށް އެތައް ސަތޭކަ ރުފިޔާ ޚަރަދުކޮށްގެން މަޑަވެލީ ރައްޔިތުން ތިނަދޫއަށް ގޮސް ޓެސްޓުހަދަން ޖެހުން ނިމުމަކަށް އަތުވެއްޖެއެވެ.

"މިއަދަކީ އުފާވެރިދުވަހެއް. މަޑަވެލީގެ ލެބޯޓަރީ ހުޅުވިއްޖެ. އަދި ދާދި އަވަހަށް ނަޑެއްލާގެ ލެބޯޓަރީ ހުޅުވިގެން ދާނެ." 

މަޖްލިސް އިންތިޚާބުގައި މެމްބަރު ފިރުޝާން ވެވަޑައިގެންނެވި ވަޢުދު ފުދިގެންދިއުމުން އެކަމާ އުފާކުރަށްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވެއެވެ.

ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބުގެ ދުވަސްވަރުގައި ދާއިރާގެ ރައްޔިތުންނާ މުޚާޠަބްކުރަށްވައި އެރައްޔިތުންގެ ބަހުރުވައިން، މަޑަވެއްޔާއި ނަޑައްލާއަށް ލެބޯޓްރީއެއްގެ ވަޢުދު މެންބަރު ފިރުޝާން ވެވަޑައިގެންނެވިއެވެ.

"-/500ރުފިޔާ ނުންފަހޭ-/800 ރުފިޔާ ޚަރެދަކޮއްލައި ހުމާ އާމައި ޔޫރިން ޓެސްޓާހަދަންނަ ތެނަދުއަށް ނޮގޮހޮ ނަޑައްލެން އަދި މަޑެވެއްލެން މިކަމާ ވިއެނެގޮތާލްވުމާއްކޫ މަގެ ވަރަށްބޮނޑެ އުންމީދެއި. އިރާދަކެރެއްވީފަހޭ މިކަމާ ކެރަންނެން" ކެމްޕެއިން ހަރަކާތެއްގެ ތެރެއިން ވެވަޑައިގެންނެވި ވަޢުދުގައި މެންބަރު ފިރުޝާން ވިދާޅުވެފައި ވެއެވެ.

ރާއްޖޭގެ ރަށްތަކަކީ ވަކިވަކިން އެތުރިފައި ހުންނަ ރަށްތަކަކަށްވެފައި ދަތުރުފަތުރުގެ ނިޒާމަކީ ތަކްލީފު ބޮޑު އަދި އަގުގެ ގޮތުން އުހުގައި އުޅޭ ނިޒާމަކަށް ވުމުން އަތޮޅުތެރޭގެ ރައްޔިތުން ބޭނުންވާ އެންމެ ޟަރޫރީ ޞިއްޙީ ޚިދުމަތްތައްވެސް ހޯދުމަށްޓަކައި އެހެން ރަށްރަށަށް ދަތުރުކުރަން އެރައްޔިތުންނަށް ޖެހިފައިވެއެވެ.

މަހުން މަހަށް ޤަވާޢިދުން ލޭއަޅަން ޖެހޭކުދިންގެ ޢާއިލާތަކުން ބޮޑު އަގުގައި ލޯންޗް ކުށްޔަށްހިފައިގެން ބީރައްޓެހި ރަށްރަށަށް ލޭއަޅަންގޮސް ދިމާވާ ދަތިތަކާއި އުފުލަންޖެހޭ ތަކްލީފުތަކަކީ އެފަދަ ޢާއިލާއަކަށް މެނުވީ އިޙްސާސްވެސް ނުކުރެވޭނެހާ ދަތި އުނދަގޫ ކަންކަމެވެ.

އަތޮޅު ތެރޭގެ ރަށްތަކުންކުރެ ގިނަ ރަށްރަށުގެ ރައްޔިތުންވެސް އެންމެ އާދައިގެ "ޔޫރިން ޓެސްޓް" އެއް ހަދާލެވޭނީވެސް އެހެން ރަށަކަށް ދަތުރުކޮށްގެން ކަމީ، ކުދި އަދި މެދު ޢާބާދީގެ ރަށްތަކުގެ ރައްޔިތުންގެ އެންމެ އަސާސީ ޙައްޤުތައްވެސް ފޯރުކޮށްދެވިފައި ނުވުމެއް ނޫންހެއްޔެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *