Ad
ކަނބާ އައިސާރަނި ހިނގުމުގައި ފެންބޮޑުވެފައި-: ފޮޓޯ: ޓްވިޓަރ
ކަނބާ އައިސާރަނި ހިނގުމުގައި ފެންބޮޑުވެފައި-: ފޮޓޯ: ޓްވިޓަރ

މިއަށް ކިޔަނީ ސޯލިހުވުންތޯ ނުވަތަ ޝިފާވުންތޯ؟ މެމްބަރު ޝިޔާމް

ކަނބާ އައިސާރަނި ހިނގުމުގައި ސަތޭކަ މީޓަރު ހަމަނުވާ ކުޑަ ތަންކޮޅެއްގައި އެއް ކިލޯމީޓަރުގެ މަގު ހެދޭހާ ފައިސާ ޚަރަދުކޮށްގެން ހެދި މަގުގައި ފެން ބޮޑުވުމުން އެއަށް ކިޔަނީ ސޯލިހުވުންތޯ ނުވަތަ ޝިފާވުންތޯ ވިދާޅުވެ ރައްޔިތުންގެ މަޖްލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމު ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައި މިވަނީ އެމަގުގައި މިއަދު ފެންބޮޑުވެފައިވާ ފޮޓޯއެއް ހިއްސާކުރަށްވައި ކުރެއްވި ޓްވީޓެއްގައެވެ.

"ޔަޤީނުންވެސް ޑރ. މުޢިއްޒު ކަންކުރެއްވި ގޮތަށް އެ ސްޕީޑުގައި މިސާރުކާރަށް ނޭނގޭ ކަންކަން ކުރާކަށް"

އިދިކޮޅު ކޯލިޝަން ޕީޕީއެމްގެ ނައިބު ރައީސްކަންވެސް ކުރަށްވާ ޝިޔާމްގެ ޓްވީޓު ކުރިއަށް ގެންގޮސް ނިންމަވާލަށްވަމުން ވިދާޅުވެފައިވެއެވެ.

މިހާރުގެ ސަރުކާރުގެ ޚާއްޞަކޮށް އެމްޑީޕީގެ އިސްފަރާތްތަކުންނާއި އެޕާޓީގެ އެކްޓިވިސްޓުންވެސް އޭރު އިދިކޮޅުގައި ތިބިއިރު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުކުރި ދާއިރާއަކީ ޑރ. މުޢިއްޒުގެ ހައުސިން މިނިސްޓްރީއަށް ނިސްބަތްވާ ދާއިރާއެއްކަމުގައިވާ މާލޭ މަގުތަކެވެ.

ޢިމާރާތް ކުރުމުގެ މަސައްކަތްތައްކަށް މާލޭ މަގުތަކުގައި އެޅިފައިވާ ހޮޅިއަށް ނިޞްބަތްކޮށް "ހޮޅި މުޢިއްޒު" އޭ ކިޔުމާއި، ޤުދުރަތީ ގޮތުން ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެއްޖެނަމަ ނުވަތަ ލޯންޗެއް މާލޭގެ ފައިކަށްޓަކަށް އަރައިފި ނަމަވެސް އެހާދިސާއަކަށްވެސް "މުއިއްޒުވުން" ބޭނުންކޮށް މަލާމާތުގެ ޓްވީޓުތައް ކުރުމަކީ އާދައެކެވެ.

މިހާރުގެ އިދިކޮޅު ޕީޕީއެމް ޕީއެންސީ އިން ކަނބާ އައިސާރަނި ހިނގުމުގައި ފެންބޮޑުވި ހާދިސާއަށް ނިޞްބަތްކޮށް ފާޑުކިޔުންތައް މިހިނދު އަމާޒުކުރަމުން ގެންދާއިރު، އެމަސައްކަތް ކުރެވެމުން ދިޔައިރު ޕްރޮޖެކްޓްގެ އަގު އިންތިހާއަށް ބޮޑުވުމުން ކީ ފާޑުކިޔުންތަކަށް ރައްދުދީ "ޕްރޮޖެކްޓް" ނިންމާލުމަށްފަހުގައި، ޓައިޓޭނިކް ހެދި މީހުން ފަދައިން "ގަދަބަސް" ބުނެ އެމަގުގައި ފެންބޮޑު ނުވާނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *