Ad
އެމެރިކާގެ ރައީސް ޓްރަމްޕް ކެމްޕެއިން ހަރަކާތެއްގެ ތެރެއިން -: ފޮޓޯ: ގެޓީ މޭޖް
އެމެރިކާގެ ރައީސް ޓްރަމްޕް ކެމްޕެއިން ހަރަކާތެއްގެ ތެރެއިން -: ފޮޓޯ: ގެޓީ މޭޖް

ޔޫޓިއުބް އިން ވެސް ޓްރަމްޕް ސަސްޕެންޑް ކޮށްފި

ގޫގުލް ކުންފުނީގެ ދަށުން ހިންގޭ ވީޑިއޯ ސްޓްރީމިންގ ޕްލެޓް ފޯމެއްކަމަށްވާ "ޔޫ ޓިއުބް" އިންވެސް އެމެރިކާގެ މިހާރުގެ ރައީސް ޓްރަމްޕްގެ "ޓްރަމްޕް ޗެނަލް" ސަސްޕެންޑް ކޮށްފިއެވެ.

ޓްރަމްޕްގެ އެކައުންޓް ސަސްޕެންޑްކޮށް ޔޫޓިއުބް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ހަމަނުޖެހުން އުފެއްދަމަށް ހިތްވަރުލިބޭ ގޮތަށް ޑްނަލްޑް ޓްރަމްޕްގެނަމުގައި އެޓިއުބްގައި ހެދިފައިވާ ޗެނަލް އިން ޢާންމުކޮށްފައިވާ ވީޑިއޯއެއް ޔޫޓިއުބްގެ މިންގަޑުތަކާ ފުށުއަރާތީވެ ނެގިފައިވާ ކަމަށާއި، މަދުވެގެން 7 ދުވަހުގެ މުއްދަތަށް ޓްރަމްޕްގެ އެކައުންޓް ސަސްޕެންޑް ކުރެވިފައިވާ ކަމަށެވެ.

ފޭސްބުކް އާއި އަދި އެކުންފުނީގެ ދަށުގައިވާ އިންސްޓަރގްރާމް އިންވެސް ފާއިތުވެދިޔަ ހަފްތާގައި ޓްރަމްޕް ސަސްޕެންޑްކޮށްފައި ވާއިރު، ޓްވިޓަރ އިން ވަނީ ދާއިމަށް ޓްރަމްޕް ބޭރުކޮށްފައެވެ. ސްނެޕްޗެޓް ގެ އިތުރުން ޓްވިޗް ގެ ސަސްޕެންޝަންވެސް ޓްރަމްޕަށް ކުރިމަތިވެފައި ވޭމެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *