Ad
ރާއްޖޭގައި ޤާނޫނު ހެދުމުގެ އިތުރުން ބޮޑެތި ގިނަ ބާރުތަކެއް ލިބިގެންވާ ރައްޔިތުންގެ މަޖްލީހުގެ މެމްބަރުން އެމަޖްލީހުގެ ޖަލްސާއެއްގައި-: ފޮޓޯ: މަޖްލިސް
ރާއްޖޭގައި ޤާނޫނު ހެދުމުގެ އިތުރުން ބޮޑެތި ގިނަ ބާރުތަކެއް ލިބިގެންވާ ރައްޔިތުންގެ މަޖްލީހުގެ މެމްބަރުން އެމަޖްލީހުގެ ޖަލްސާއެއްގައި-: ފޮޓޯ: މަޖްލިސް

ކައުންސިލް އިންތިޚާބުގެ ޤާނޫނަށް އިޞްލާޙުގެނައުމަށް މަޖްލީހުގެ ޚާއްޞަ ޖަލްސާއެއް މިރޭ

ޤާނޫނު ނަންބަރު 3/2020 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020) އަށް ގެނައުމަށް ރައްޔިތުންގެ މަޖްލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒު ހުށައެޅުއްވި ބިލުގެ މަސައްކަތްކުރުމަށް އެމަޖްލީހުގެ ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ތާވަލްކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ބޭއްވުމަށް ދިމާވެފައިވާ ޤާނޫނީ ހުރަސްތަކަށް ހައްލެއް ހޯދައި، ވީ އެންމެ އަވަހަކަށް އެ އިންތިޚާބު ބޭއްވުމުގެ ބޭނުމުގައި ހުށައެޅިފައިވާ މި ބިލުގެ މަސައްކަތް ކުރުމަށް ބޭއްވޭ މި ޖަލްސާ އޮންނާނީ މިރޭގެ 8:30 ގައި މަޖްލިސް ކުރާ ގޭގައެވެ.

ކޮވިޑް-19 އާ ގުޅިގެން އިޢުލާނުކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތް ހިނދެއްގައިވެސް ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން އިލެކްޝަންސް ކޮމިޝަނަށް ކުރިއަށްގެންދެވޭނެ މަގުފަހިކޮށްދީ، ކޮވިޑް-19 އާ ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން، އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިޔުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދިނުމުގެ އިތުރުން، އަވަސް މުއްދަތެއްގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް މަގުފަހިކުރުމުގެ ގޮތުން ކަމާބެހޭ ޤާނޫނުތަކުގެ ދަށުން ކަނޑައަޅާފައިވާ ބައެއް މުއްދަތުތަކަށް ބަދަލުގެނައުމަކީވެސް، މި ބިލުގެ މަޤްޞަދުކަމުގައި ބިލު ހުށައެޅުއްވި މެމްބަރު ޢަލީ ނިޔާޒު އެބިލުގައި ބަޔާންކުރަށްވާފައި ވޭމެއެވެ.

މިހާރު ފަސްކުރެވިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުންވެސް މަސައްކަތް ކުރަމުން އަންނަކަމަށް އެކޮމިޝަނުންވެސް ހާމަކޮށްފައި ވާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *