Ad

ދިރާގު ދިވެހި ޕްރިމިއާ ލީގު: ގްރީން ސްޓްރީޓްސް މޮޅުވެ ތާވަލުުގެ ކުރިއަށް ޖެހިލައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 2-0 އިން ބަލިކޮށް ކްލަބް ގްރީން ސްޓްރީޓްސް ލީގު ތާވަލުގެ ހަތަރު ވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.

މެޗުގެ ފުރަތަމަ ލަނޑު ހަތް ވަނަ މިނެޓުގައި ޖެހީ ހަސަން ނަޒީމެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ. ގްރީން ސްޓްރީޓްސްގެ ދެ ވަނަ ލަނޑު 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބްދުﷲ ޔާމީން އެވެ.

މެޗުގެ 89 ވަނަ މިނެޓުގައި ސަސް އަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފަ އެވެ. އެޓީމުގެ ހަސަން އަދުހަމް ޖެހި ޕެނަލްޓީ ކީޕަރު ސާގިބް ވަނީ މަތަކޮށްފަ އެވެ. މި މެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ސާގިބެވެ.

މިމޮޅާ އެކު ގްރީންސްޓްރީޓް ވަނީ 11 ޕޮއިންޓާ އެކު ހަތަރު ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ލީގުގެ އެއް ވަނައިގައި 18 ޕޮއިންޓާ އެކު މާޒިޔާ އޮތްއިރު ދެ ވަނައިގައި އޮތް ކްލަބް ވެލެންސިއާ އާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. އަށް މެޗުން ލިބުނު އަށް ޕޮއިންޓާ އެކު ސަސް މިހާރު ވަނީ ހަ ވަނަ އަށް ވެއްޓިފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *