Ad

އިންގްލިޝް ޕްރިމިއާ ލީގު: ލީޑްސް އަތުން ބަލިވެ 2 ވަނަ އަށް އަރަން ލިބުނު ފުރުޞަތު ލެސްޓާ އިން ގެއްލުވާލައިފި

އިންގްލިޝް ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއާއި ލީޑްސް ޔުނައިޓެޑް ވާދަކުރި މެޗު ލީޑްސް ކާމިޔާބުކޮށްފިއެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗު ލީޑްސް ކާމިޔާބުކޮށްފައިވަނީ 3-1 ގެ ސްކޯލައިނަކުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ ލެސްޓާ ސިޓީއިންނެވެ. 13 ވަނަ މިނެޓްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހާވީ ބާންސްއެވެ.

ލެސްޓާއިން ލަނޑު ޖެހިތާ މާގިނަ އިރު ތަކެއް ނުވެ ލީޑްސްއިން ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކުރި އެވެ. 15 ވަނަ މިނެޓްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސުޓާޓް ޑެލާސްއެވެ. މެޗުގައި ލީޑްސްއިން ލީޑު ނެގީ 70 ވަނަ މިނެޓްގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ފޯވާޑު ޕެޓްރިކް ބެމްފޯޑެވެ. ލީޑްސްގެ ތިން ވަނަ ލަނޑު 84 ވަނަ މިނެޓްގައި ބެމްފޯޑުގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ހެރިސަން އެވެ.

މިމެޗުން  ލެސްޓާ ބަލިވުމާ ގުޅިގެން ލެސްޓަރސިޓީއަށް މިވަނީ ތާވަލްގެ 2 ވަނަ އަށް އަރަން ލިބުނު ފުރުޞަތު ގެއްލި 4 ވަނައަށް ވެއްޓިފައެވެ. ސީޒަންގައި ލެސްޓަރސިޓީން މިހާތަނަށް އެޓީމުން 21 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީޑްސް ވަނީ ކުޅުނު 20 މެޗުން 29 ޕޮއިންޓް ހޯދައިގެން ތާވަލުގެ 12 ވަނަ އަށް ޖެހިލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *