Ad

އިންގްލިޝް ޕްރިމިއާ ލީގު: 37 އަހަރު ފަހުން ލިވަޕޫލްގެ މައްޗަށް ބްރައިޓަންއިން ކުރި ހޯދައިފި

37 އަހަރު ފަހުން ލިވަޕޫލްގެ މައްޗަށް ބްރައިޓަންއިން ކުރި ހޯދައިފިއެވެ.

ބްރައިޓަންއިން ލިވަޕޫލް ބަލިކުރީ އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗް 1-0 މެޗް ކާމިޔާބުކޮށްގެންނެވެ.

ލިވަޕޫލްގެ މަޝްހޫރު އެންފީލްޑް ސްޑޭޑިއަމްގައި ކުޅުނު މިމެޗްގެ ހަމައެކަނި ގޯލް 56 ވަނަ މިނެޓްގައި ކާމިޔާބުކުރީ ސްޓެވަން އަލްޒޭޓެވެ. މިއީ ލިވަޕޫލްގެ ދަނޑުގައި ލީގުގައި އެޓީމު ބަލިނުވެ 3 އަހަރު ދަމަހައްޓަމުން އައި ވަރުގަދަ ރިކޯޑު މިދިޔަ ހަފްތާގައި ނިމުމަށްފަހު އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ބަލިވި 2 ވަނަ މެޗެވެ. ލީގުގައި އަމިއްލަ ދަނޑުގައި ލިވަޕޫލް ވަނީ ބަލިނުވެ 68 މެޗު ފުރިހަމަކޮށްފައެވެ. ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައީ ރެލިގޭޝަނުގައި އޮތް ބާންލީ އަތުން ބަލިވެގެންނެވެ. އެއަށްފަހު ޓޮޓެންހަމް އާއި ވެސްޓް ހޭމްއާއި ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވިއެވެ. މި މެމެޗަކީ އަވޭ ދެ މެޗެވެ. ލިވަޕޫލާއި ބްރައިޓަން މިސީޒަންގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުވެސް 1-1 ވަނީ އެއްވަރު ވެފައެވެ.

މި މޮޅަކީ ގާތްގާތުގައި ބްރައިޓަން ހޯދި ހަތަރުވަނަ މޮޅެވެ. މި މޮޅާއެކު ބްރައިޓަން ވަނީ ތާވަލުގެ 15 ވަނައަށް ޖެހިލާފައެވެ. އަދި މި ބައްޔާއެކު ލިވަޕޫލް އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.

މިއީ 1982 ގެ ފަހުން ލިވަޕޫލްގެ ދަނޑުގައި ބްރައިޓަންއަށް ހޯދުނު ފުރަތަމަ މޮޅެވެ. އަދި މިއީ 1984 ގެ އޮކްޓޯބަރުގެ ފަހުން އަމިއްލަ ދަނޑުގައި ގާތްގާތުގައި ތިން މެޗުން ލަނޑު ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފަހަރެވެ. މިފަހަރުގެ ލީގުގައި ބްރައިޓަން ވަނީ އެންމެ ބޮޑެތި ޓީމުތަކާއި ދެކޮޅަށް ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *