Ad

ޗެމްޕިއަންސް ލީގު: ޖިރޫޑްގެ ހަމައެކަނި ލަނޑުން ޗެލްސީން އެތްލެޓިކޯ މެޑްރިޑް ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑްގެ މައްޗަށް އިނގިރޭސި ކުލަބް ޗެލްސީން ކުރިހޯދާ ކުއާޓާގެ އުއްމީދު ބޮޑުކޮށްފިއެވެ.

އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޖެހި ހަމައެކަނި ގޯލް ޖިރޫޑް ޖެހީ މެޗްގެ 2 ވަނަ ހާފުގައެވެ. މި ގޯލާއެކު އުމުރުން 34 އަހަރުގެ ޖިރޫޑް ވަނީ މިހާރު ކުރިޔަށްދާ ޔުއެފާ ޗެމްޕިއަންސް ލީގުގައި މިއަހަރުގެ މިހާތަނަށް ޖެހި ލަނޑުތަކުގެ ލިސްޓު ހަޔަކަށް އަރާފައެވެ.

މިއީ ޗެލްސީގެ ކޯޗުކަމާއި ތޯމަސް ޓުޗެލް ހަވާލުވިފަހުން ބަލިނުވެ ފުރިހަމަކުރި 8 ވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ. މެޗަށްފަހު ޗެލްސީގެ ކޯޗުގެ ތައުރީފުގެ ބަސްތައް އޮއްސާލީވެސް ޖިރޫޑް އަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޗެލްސީއާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރާ ދެވަނަ ލެގު ކުޅޭނީ މާޗް 18 ވަނަ ދުވަހުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *