Ad

އިނގިރޭސި ޕްރިމިއަރ ލީގު: ލިވަޕޫލް ،ލީގުގައި ބަލިވުމުގެ ސިލްސިލާ ނިމުމަކަށް!

އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެފަހުގެ ލީގު ޗެމްޕިއަން ލިވަޕޫލް ،ލީގުގައި ބަލިވުމުގެ ސިލްސިލާއަށް ނިމުން ގެނެސްފިއެވެ.

ތާވަލްގެ ފުލުގައި އޮތް ޝެފީލްޑްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލް ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗްގައި ލިވަޕޫލްގެ 2 ގޯލްވެސް ޖެހީ ދެވަނަ ހާފުގައެވެ. މެޗްގައި ޝަފީލްޑްގެ ކީޕަރު އާރޮން ރާމްސްޑޭލް ވަނީ ލިވަޕޫލްގެ ގިނަ ހަމަލާތައް ހުއްޓުވާ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗްގެ ފުރަތަމަ ގޯޅް ޖެހީ ލިވަޕޫލްގެ ޒުވާން މިޑްފީލްޑަރު ކާޓިސް ޖޯންސް އެވެ. ލިވަޕޫލުން ޖެހި ދެ ވަނަ ގޯލަކީ ރޮބާޓޯ ފިރްމީނޯ ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޝެފީލްޑްގެ ކީން ބްރަޔަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މި މޮޅާއެކު ލިވަޕޫލް އޮތީ ތާވަލުގެ ހަވަނައިގައި 43 ޕޮއިންޓާއެކު އެވެ. ފަސްވަނައިގައި ޗެލްސީ އޮތީ އެއް ޕޮއިންޓް އިތުރަށެވެ. މެޗުން ބަލިވި ޝެފީލްޑް އޮތީ ތާވަލުގެ ފުލުގައި ޖުމްލަ 11 ޕޮއިންޓާއެކު އެވެ. ލީގުގައި ލިވަޕޫލް ދެން ވާދަކުރަންޖެހޭނީ ޗެލްސީއާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *