Ad

އިނގިރޭސި އެފްއޭ ކަޕް: އެވަޓަން ބަލިކޮށް މެންޗެސްޓަރ ސިޓީ ސެމީއަށް!

އިނގެރޭސި އެފްއޭކަޕްގެ ސެމީފައިނަލަށް މެންޗެސްޓަރ ސިޓީ ދަތުރުކޮއްފިއެވެ.

ސިޓީ ސެމީއަށް އަށް ދަތުރުކުރީ ކުއާޓަރފައިނަލްގައި އެވަޓަންގެ މައްޗަށް 2-0 ލަނޑުން ކުރި ހޯދައިގެންނެވެ. ސިޓީގެ ދެ ގޯލްވެސް ކާމިޔާބުކުރީ މެޗްގެ ފަހުކޮޅުގައެވެ. ސިޓީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ 84 ވަނަ މިނެޓުގައި ގުންޑޮގާންއެވެ. ސިޓީގެ ދެވަނަ ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެެއްގެ ގޮތުގައި ކުޅެން އެރި ކެވިން ޑިބްރޭނާ އެވެ.

މި ނަތީޖާއާއެކު އެވަޓަން މުބާރާތުން ކަޓާފައިވާއިރު، މިއީ މުބާރާތުގެ ސެމީފައިނަލަށް ޖެހިޖެހިގެން ސިޓީ ދަތުރުކުރި ތިންވަނަ ސީޒަނެވެ. މިއަހަރުގެ މުބާރާތުގެ ކުއާޓާއަށް ސިޓީ ދަތުރުކޮށްފައިވަނީ ސްވަންސީ ސިޓީ ބަލިކޮށްގެންނެވެ. މިހާތަނަށް ސިޓީން ވަނީ އެފްއޭ ކަޕް ހަ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ. އެންމެ ފަހުން އެ ޓީމު މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2019 ވަނަ އަހަރުގައެވެ.

އިނގިރޭސި އެފްއޭ ކަޕުގެ ސެމީފައިނަލުގައި ދެން ވާދަކުރާނެ ދެ ޓީމު ޔަގީންވާނީ މިއަދު ކުޅޭ މެޗުތަކަށްފަހު އެވެ. މިއަދު ހަވީރު ރާއްޖެގަޑިން 18:30 ގައި ޗެލްސީއާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރާނެއެވެ. އަދި މިރޭ 22:00 ގައި ބައްދަލުކުރާނީ ލެސްޓާ ސިޓީއާއި މެންޗެސްޓަރ ޔުނައިޓެޑެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *