Ad

ޑީސަލް ބަރުކޮށްގެން ދަތުރު ކުރި ދޯޏެއް ފަރަށް އަރައިފި

ޑީސެލް ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ފަރަށް އަރުމާގުޅިގެން ކޯސްޓް ގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ 50 ޓަނުގެ ޑީސެލް ބަރުކޮށްގެން މާލެ އނިް ފުރައިގެން ހއ.އަތޮޅަށް ދަތުރު ކުރަމުންދިޔަ “ސްނޯ” ދޯނީ ށ. ކީކިމިނީ ކައިރި ބޮލިސްތާ ފަރަށް އަރައިގެން އެމްއެންޑީއެފް ނޮދާން އޭރިޔާ ކޯސްޓް ގާޑް ސްކޮޑުން ހަރަކާތްތެރި ވަމުން ދާކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ދަންވަރު 3:9 ގައި ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މި ދޯނީގައި ދަތުރުކީ ދިވެއްސަކާއި ދެ ބިދޭސީންކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ. މިހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *