Ad

ޕެރޯލް ޤާނޫނުގެ ތެރެއިން ގައިދީންނަށް ލިބިދޭ ހައްޤު ނުދީ ހިފެހެއްޓުމަކީ ޕެރޯލް ބޯޑަށް އޮތް އިހުތިޔާރެއް ނޫން: ރައީސް ނަޝީދު

ޕެރޯލް ޤާނޫނުގެ ތެރެއިން ގައިދީންނަށް ލިބިދޭ ހައްޤު ނުދީ ހިފެހެއްޓުމަކީ ޕެރޯލް ބޯޑަށް އޮތް އިހުތިޔާރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އައްސޭރި ޖަލުގައި ތިބި ޤައިދީންނާގުޅޭ ކަންބޮޑުވުންތަކެއް ބަޔާންކޮށް ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައެއް ދިރާސާކޮށް އެކޮމިޓިން ނިންމިގޮތުގެ ރިޕޯޓްގެ ބަހުސް މަރުހަލާނިމި މެމްބަރުން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ޕެރޯލް ބޯޑަކީ އެތައް ބައެއްގެ ހައްގު އެކުލެވޭ ގޮތަށް އެކަށައެޅިފައިވާ ބޯޑެއްކަމަށެވެ.

ޕެރޯލް ބޯޑުގައި ހިމެނި ވަޑައިގަންނަވާ މެމްބަރުން ބިޒީވެ ބައްދަލުވުން ނުބޭއްވޭކަމަށް ދައްކަވާ އުޒުރަކީ ވަރަށް ތާކުންތާކު ނުޖެހޭ އުޒުރެއްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި ޕެރޯލް ބޯޑުގައި މިތިއްބެވި ނުވަ ބޭފުޅުން މިތިބީ ޤާނޫނީ ގޮތުން ވަރަށްބޮޑު ނުރަނގަޅު ކަމެއްގެ ތެރޭގައި. ދެން އެއީ ކުށެއްތޯ އުގޫބާތެއް އެބޭފުޅުންނަށް އަންނާނެތޯ މިވާތުގެ ކަމެއް ޖެހޭނީ ޝަރުޢީ ދާއިރާގެ ބޭފުޅުން ޤާނޫނީ ބޭފުޅުން އޮޅުން ފިލުވައިގެން ޕެރޯލް ބޯޑުގެ މައްޗަށް، އެއްބަޔަކު 3،000 އެތައް މީހަކު ތިބީ ޖަލުގައި." މަޖިލިސް ރައީސް ވިދާޅުވިއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ޕެރޯލް ބޯޑުން ބާއްވާފައިވަނީ އެންމެ 14 ބައްދަލު ބައްދަލުވުން ކަމަަށާއި މިކަމުން އެ ބޯޑުގެ މަސައްކަތް ކުރެވިފައިވާ މިންވަރު ވަރަށް ސާފު ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޤައިދީންނަށް ލުއި ގޮތެއް ހޯދައިދިނުމަށް އެ އާއިލާތަކުން އެދާއިރާއެއްގެ މަޖިލިސް މެންބަރު ކައިރީގައި ވަރަށް ގިނަ ފަހަރު އެދެމުންދާކަން އެނގިވަޑައިގަންނަވާކަމަށެވެ. ނަމަވެސް މިކަން ކުރެވެން އޮންނަނީ ގާނޫނީ ބާރު ދީފައިވާ ޕެރޯލް ބޯޑަށްވާއިރު އެބޭފުޅުން އެކަން ނުކޮށްދެއްވާހާ ހިނދަކު ގައިދީންނަށް ލުއި ދޭނެ ގޮތެއް ނުވިސްނޭކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ޕެރޯލް ބޯޑު އެކުލެވިގެންވަނީ 9 މެމްބަރުންގެ މައްޗަށެވެ. މަޖިލިސް ރައީސް ވިދާޅުވީ މިބޭފުޅުންނާއިމެދު ޤަނޫނީ ގޮތުން ދައުވާ ކުރުމަށް ނުވަތަ އެނޫން ގޮތަށް އަމަލު ކުރެވިދާނެތޯ ސާފުކުރުންވެސް މުހިންމުކަމަށެވެ. ނަމަވެސް ޔަގީންވާކަމަކީ ޕެރަލްބޯޑުގެ މެމްބަރުންތިބީ ވަރަށް ބޮޑު ޤާނޫނީ ގޮތުން ނުރަނގަޅު ކަންތައްތަކެއް ކޮށްގެންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އައްސޭރި ޖަލުގައި ތިބި އަޚްލާގު ރަނގަޅު ޤައިދީންނާއި، ކުށްކުރުން މަދު މީހުން ފާހަގަކޮށް، ޚާއްސަ އުސޫލެއްގެ ދަށުން، އެފަދަ މީހުންނަށް މަޢާފު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިޙަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ޖަލުތަކުގައި ޕެރޯލް އާއި ކްލެމެންސީގެ ޝަރުތު ހަމަވާ އެތައް ބަޔަކު އެބަތިއްބެވެ. އަދި ކުރީގެ ޤާނޫނުތަކުން ހުކުމްކޮށްގެން ދިގު ހުކުމްތަކުގައި ތިބި އެތައް ބަޔަކު އެބަތިއްބެވެ. މައްސަލަ ތަކުގައި ހުކުމް ކުރަނީ އެންމެ ފަހުން އަމަލު ކުރަމުންދާ ޤާނޫނުގެ ދަށުން ކަމަށްވާއިރު ކުރީގެ ޤާނޫނުން ކޮށްފައިވާ ހުކުމްތައް މިހާރު އަމަލު ކުރަމުންދާ ޤާނޫނަށް ފެއްތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޤާނޫނީ މާހިރުން ދަނީ ބުނަމުނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *