Ad

ވޯލްޑްކަޕް ކޮލިފައިން: ސްކޮޓްލޭންޑަށް ބޮޑު މޮޅެއް!

ވޯލްޑްކަޕް ކޮލިފައިންގައި ސްކޮޓްލޭންޑް އިން ބޮޑު މޮޅެއް ހޯދައިފިއެވެ.

މިމެޗުން ސްކޮޓްލޭންޑް ކުރިހޯދީ ފެރޯ އައިލެންޑާ ވާދަކޮށް 4-0 ލަނޑުންނެވެ. މެޗުގައި ސްކޮޓްލޭންޑް ގެ ޖޯން މެކްގިން ދެލަނޑު ކާމިޔާބުކުރި އިރު ފަހު ދެލަނޑު ކާމިޔާބުކޮށްދިނީ ސައުތެމްޓަންގެ ފޯވާޑް އެޑަމްސް އާއި ނިއުކާސަލްގެ މިޑްމީފްޑަރު ރަޔާން ފްރޭސާއެވެ. ސްކޮޓެލެންޑް ކޮލިފައިންގައި އެންމެފަހުން ކުޅުނު ތިންމެޗުން ވެސް ބަލިވެފަ ނުވާއިރު އެޓީމު އޮތީ 5 ޕޮއިންޓާއެކު ކޮލިފައިން ގުރޫޕްގެ ދެވަނާގައިއެވެ. ރޭގައި މި ގުރޫޕްގެ އެއް ވަނައިގައި އޮތް ޑެންމާކް ވަނީ އެޓީމު ކުޅުނު މެޗު ކާމިޔާބުކޮށް އެއްްވަނައިގައި ލީޑު ހިފަހައްޓާފައެވެ. އޮސްޓްރިޔާގެ މައްޗަށް ޑެންމާކްއިން ކުރި ހޯދީ 4-0 ލަނޑުންނެވެ. ގުރޫޕްގެ އެއްވަނައިގަ 9 ޕޮއިންޓާއެކު ޑެންމާކް އޮތް އިރު ގުރޫޕްގެ ތިންވަނައިގަ އޮތީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން އިސްރާއީލްއެވެ. އޮސްޓްރިޔާވެސް މިއަދަދަށް ޕޮއިންޓް ހޯދާފަވާއިރު އެޓީމު އޮތީ ގުރޫޕުގެ ހަތަރުވަނައިގައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *