އިންގްލިޝް ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާއި ނިއުކާސަލް ވާދަކުރި މެޗު 2-2 އަކުން އެއްވަރުވެއްޖެއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީގު ނެގީ ނިއުކާސަލުންނެވެ. މެޗުގެ 28 ވަނަ މިނެޓްގައި މިލަނޑު ކާމިޔާބުކޮށް ދިނީ ޖޯލިންގްޓަންއެވެ. މިލަނޑު ޖެހިތާ 90 ސުކުންތު ފަހުން ޓޮޓެންހަމްއިން ލަނޑެއް ޖަހާ ނަތީޖާ އެއްވަރު ކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ހެރީ ކޭންއެވެ. މެޗްގެ ނަތީޖާ 2-1 ބަދަލުކޮށްލީވެސް ހެރީ ކޭން އެވެ. މެޗުގެ ތިރީސް ހަތަރުވަނަ މިނެޓްގައި ކޭން ޖެހި މިލަނޑަކީ މިސީޒަންގައި އޭނާގެ ޓީމަށް ޖަހާ ދިން 19 ވަނަ ލަނޑެވެ.
މިމެޗުގެ ސްކޯ 2-2 އަކަށް ނިއުކާސަލުން ހެދީ މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށެވެ. އެއީ މެޗުގެ 85 ވަނަ މިނެޓްގައި އެޓީމުގެ ޖޯ ވިލޮކް ޖެހި ލަނޑެކެވެ.
މިމެޗުން އެއްވަރުވުމުން ޓޮޓެންހަމްް އޮތީ ތިރީސް މެޗު ކުޅެ 49 ޕޮއިންޓް ހޯދައިގެން ތާވަލުގެ 5 ވަނައިގައެވެ.
ނިއުކާސަލް ކުޅުނު 30 މެޗުން 29 ޕޮއިންޓް ހޯދައިގެން އެޓީމް އޮތީ ތާވަލްގެ 17 ވަނައިގައެވެ.