Ad

ރ.ކިނޮޅަސް ފުޓްސެލްދަނޑު މަރާމާތުކޮށް ފުޓްބޯޅަ ދަނޑުގައި ޓާރފް އަޅަނީ

ރ.އަތޮޅު ކިނޮޅަސް ރައީސް އަހުމަދު ހުސައިން އާއި މިޔަދު ވަރަށް ކާމިޔާބު ފޯނުން ބައްދަލުވުމެއްބޭވިކަމަށް އެފް.އޭ.އެމް ގެ ރައީސް ބައްސާމް ޓްވިޓަރ އަދި ފޭސްބުކްގައި ޕޯސްޓްކޮށްފިއެވެ. އަދި މިޕޯސްޓްގައި ރ.ކިނޮޅަސް ފުޓްސެލް ދަނޑު ބޮޑުކޮށް މަރާމާތު ކުރާނެ ވާހަކަޔާއި އަދި ރ.ކިނޮޅަހު ބޮޑު ފުޓުބޯޅަ ދަނޑުގައި ޓަރފް އަޅަން އެފް.އޭ.އެމްގެ ޕްރޮޖެކްޓްސް ގެ ދަށުން ކުރިއަށް ގެންދާނެކަމަށް ބައްސާމް ވިދާޅުވިއެވެ.

އެފް.އޭ.އެމް ގެ ޕްރޮޖެކްޓްސްްގެ ދަށުން މާލޭ އަދި ވިލިގިލީގައި ވެސް ދަނީ އެތައް ޓާރފް ބޮޑެތި ފުޓްބޯޅަދަނޑެއް އަޅަމުންނެވެ. އަދި ރާއްޖޭގެ އެތައް އަތޮޅުތަކެއްގައިވެސް ދަނޑުތައް އެޅުމަށް އެފް.އޭ.އެމް އިން ދަނީ މަސައްކަތްކުރަމުންނެވެ. މިދަނޑުތައް އެފް.އޭ.އެމް އިން އަޅަނީ ފީފާ އަދި އޭ.އެފް.ސީ އިން ލިބޭ ޕްރޮޖެކްޓްތަކުންނެވެ.

ރ.ކިނޮޅަހު ރައީސް އަހުމަދު ހުސައިން ވަނީ ކާމިޔާބު ކަމާއި އެކީ 3 ދައުރު ކައުންސިލް ރައީސްކަން ކޮށް ރަށަށް އެތައް ކުރިއެރުމެއްގެނެސްފައެވެ. މިފަހުން ޔޫތު މިނިސްޓްރީ އާއި ގުޅިގެން ވޮލީ އެރީނާއެއް ވެސްވަނީ އަޅާނިންމާފައެވެ. އަދި ތަޖުރިބާޔާ އެކީގައި ގިނަކަންތައް ރާވާ ތަންފީޒުކުރަން ދަނީ ތައްޔާރުވަމުންނެވެ. ގިނަ ހަރުދަނާ ވައުދުތަކާ އެކީ އަހުމަދު ހުސައިން އަދި އޭނާގެ ޓީމް ވަނީ ތައްޔާރުވެފައެވެ.

މިފަހަރު ކައުންސިލް އިންތިހާބު ބޭއްވެނީ ކޮވިޑް-19 އިގެ ސަބަބުން ބޮޑެތި ހުރަސްތަކަކާއެކީގައެވެ. ކޮވިޑް-19 އިގެ ހާލަތުގައިވެސް ކިނޮޅަސް ކައުންސިލްއިން ވަނީ ހަރުދަނާ އެެތައް ނިންމުންތަކެއް ނިންމާ އެތައްމަސައްކަތެއް ކޮއްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *