Ad

ދިރާގު ދިވެހި ލީގު: ސަސް ބަލިކޮށް ވެލެންސިޔާއިން 2 ވަނައިގައި ހަމަޖެހިލައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ކުލަބު ވެލެންސިއާއިން ލީގުގެ އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު 4 ޕޮއިންޓަށް ކުޑަކޮށްފިއެވެ.

ސަސްއާ ވާދަކޮށް ވެލެންސިއާ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗްގެ ދެ ގޯލްވެސް ކާމިޔާބު ކުރީ ސެންޓޭއެވެ. ފުރަތަމަ ގޯލް 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލީ ފާސިރު، ސެންޓޭއެވެ. މި މެޗުގައި ވެލެންސިއާއިން ލީޑު ފުޅާކޮށްފައިވަނީ މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށެވެ. ބޯހަސް މާޓިން ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސެންޓޭއެވެ.

މި ނަތީޖާއާއެކު ވެލެންސިއާއިން ވަނީ ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފައެވެ. ވެލެންސިޔާ ކުޅުނު 11 މެޗުން ލިބުނު 25 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތްއިރު، ވެލެންސިއާ އޮތީ ތާވަލުގެ ދެވަނައިގައި 11 މެޗުން 21 ޕޮއިންޓާއެކުއެވެ. އަދި ވެލެންސިއާ އަތުން ބަލިވި ސަސް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި 12 މެޗުން 12 ޕޮއިންޓާއެކުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *