އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ލިސްޓުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމާއި ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)ގެ މަސްލަހަތު އޮންނަ ކުންފުންޏެއްގެ ނަން އޮތްކަން އިރުވަރު ނޫހަށް ކަށަވަރު ވެއްޖެއެވެ.
އިރުވަރު ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި މިނިވަން މުވައްސަސާތަކުގެ ވެރިންނާއި ސިޔާސީ މަޤާމުގައި ތިއްބެވި ބައެއް ބޭފުޅުންވެސް ހިމެނެއެވެ. މީގެތެރެއިން އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމްގެ ނަމާއި އެމްޑީޕީގެ ޕީޖީގެ ޑެޕިއުޓީ ލީޑަރު އަނދުން ހުސެއިންގެ މަސްލަހަތު އޮންނަ ކުންފުންޏެއްކަމަށްވާ ސިރިއަސް ކުންފުނީގެ ނަން މި ލިސްޓުގައި ހިމެނޭކަމުގެ މަޢުލޫމާތު އިރުވަރު ނޫހަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް ބުނާ މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ އެދިވަޑައިގަތުމަށް ތަހުގީގީ އިދާރާތަކުން ވަނީ ފޮނުވާފައެވެ. މަޖިލީހުން މި ލިސްޓް ހޯދުމަށް އެދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފައިވަނީ، އެސެޓް ރިކަވަރީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ފުލުހުންގެ އިދާރާގައެވެ. ތަހުގީގީ އެ އިދާރާތަކުން ފޮނުވި ލިސްޓް ދިރާސާކުރަމުން އަންނަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ ނުވަތަ 241 ކޮމިޓީއާއި، މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީއަކުންނެވެ.
އޭ އެކޮމިޓީން ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ތަހުގީގީ އިދާރަތަކުން ފޮނުވި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ލިސްޓްގައި 281 މީހެއްގެ ނަން އެބައޮތްކަމަށެވެ.
ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، އެ ލިސްޓްގައި ހިމެނޭ ބައެއް މީހުންގެ މައްޗަށް މިހާރު ދައުވާކުރަން ފޮނުވާފައިވާކަމަށެވެ. އަދި އަނެއްބައި މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވުމުގެ ކުރިން ތަހުގީގް ކުރިއަށްދާކަމަށެވެ. އަދި އެ ލިސްޓްގައި ޖިނާޢީ ދައުވާ ނުއުފުލެވޭނެ އެއްވެސް މީހެއްގެ ނަން ހިމެނިފައި ނުވާކަމަށާއި، އެ ލިސްޓް ތަރުތީބުކޮށްފައިވަނީ ޚިޔާނާތުގައި އެމީހަކު ޝަމިލްވާ މިންވަރުގެ މައްޗަށް ރިޔާއަތްކޮށްކަމަށެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން އެމްއެމްޕީއާރުީގެ ކޮރަޕްޝަންގެ ފައިސާ ލިބުނުކަމަށް ބުނާ މީހުންގެ ލިސްޓް މަޖިލީހާއި ހިއްސާކުރައްވަމުން ވަނީ އެ ލިސްޓްގެ ސިއްރުކަން ހިފަހައްޓައިދިނުމަށް އެދިފައެވެ. އެހެންކަމުން އެ ނަންތައް ކޮމިޓީގެ ބައްދަލުވުމުގައިވެސް ނުދެންނެވުމަށް ކޮމިޓީގެ މުގައްރިރު ނިންމެވިއެވެ.
މިލިސްޓު އާންމު ނުކުރަން އުޅެނީ އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުންގެ ނަންތައް މި ލިސްޓުގައި ހިމެނޭތީކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާގެ ފައިސާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާއި، ސަރުކާރުގެ މަގާމުގައިތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިތުރުން ބައެއް ފަނޑިޔާރުންނަށްވެސް ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން ކުރިން ހާމަކުރައްވާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ވާހަކަ ފުޅު ދައްކަވަމުން ވިދާޅުވީ، ރާއްޖެ ޓީވީއާއި، އެ ސްޓޭޝަންގެ ވެރިން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މަތިޖަހައި، އެކަން ބަލަން ވަރަށް ބޮޑަށް ދެކޮޅު ހައްދަވަމުން ދާކަމަށެވެ. ނަމަވެސް ކިތަންމެ ގާތް އެކުވެރި އަކަސް ރައްޓެއްސަކަށް ވިޔަސް އެކަން ނުހުއްޓުވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިމަހުގެ6 ވަނަ ދުވަހުގެރޭ އެމަނިކުފާނަށް ދިން ޓެރަރިސްޓް ހަމަލާގެ 15 މިނެޓްކުރިން އެމަނިކުފާނު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާކަން ސޯޝަލް މީޑިއާގައި ހާމަކުރައްވާފައެވެ.
3 Responses
ދެން އެހެންވީމާ އާޒިމުމެން ނަޝީދަށް ސަނާކިޔާނެދޯ. މިކަން އިންސާފުވެރިކޮށް ނުބެލޭނެ.
އާޒިމުއަށް ތިއޮތީ ބޮނޑިއެށް ލިބިފަ. ދެން ކޮޅުބަދަލުކުރާނީކީނޫން
މަ ވަރަށް ފޫހިވާ ގޮލައެއް ތީ ހުން…..