Ad

އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓު: ރައީސް ޔާމީނަށް 709 މިލިޔަން ރުފިޔާ!

މިހާރު ދައުރުވަމުންދާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި އެންމެ ގިނަ ފައިސާ ލިބިފައިވަނީ ރައީސް ޔާމީނަށް ކަމަށް ހާމަވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުޤީޤު ކުރަން ރައީސް ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ލިސްޓުގައި ރައީސް ޔާމީނަށް 709 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ވެއެވެ.

މިފައިސާތަކަކީ ރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެމް.އެމް.ޕީ.އާރު.ސީއަށް ލިބުނު ފައިސާގެ ތެރެއިން 143 މިލިއަން ރުފިޔާއާއި، ރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެމް.އެމް.ޕީ.އާރު.ސީއަށް ލިބުނު ފައިސާގެ ތެރެއިން 32 މިލިއަން ޔޫއެސް ޑޮލަރު ރައީސް ޔާމީނަށް ދިންކަމަށް އަހުމަދު އަދީބުގެ ބަޔާނުގައި ބުނެފައިވެއެވެ. އެ ފައިސާގެ ތެރޭގައި އިސްލާމިކް ބޭންކަށް ޖަމާކުރި 1 މިލިއަން ރުފިޔާ ހިމެނޭކަމަށް މި ބަޔާނުގައިވެއެވެ.

މީގެއިތުރުން މުހައްމަދު ހުސެއިން (އޮއިއްޓޭ) ރައީސް ޔާމީނާ 1 މިލިއަން ރުފިޔާ ހަވާލުކޮށްފައިވާކަމަށާއި އަދި ގާތްގަނޑަކަށް 6 ފަހަރުމަތިން އަހުމަދު އަދީބުއާއެކު ރައީސް ޔާމީނާ ފައިސާ ހަވާލުކުރަން ގޮސްފައިވާނެކަމަށް މުޙައްމަދު ހުސައިން ( އޮއިއްޓޭ) ގެ ބަޔާނުގައި ބުނެފައިވެއެވެ. މުހައްމަދު އައްލާމް ލަތީފުގެ ބަޔާނުގައި ބުނެފައިވަނީ 30 މިލިއަން ރުފިޔާ އަޅާފައިވާ ދަބަހެއް ހިފައިގެން އަދީބް އާއި އެކު ގޮސް ރައީސް ޔާމީނާ އެ ދަބަސް ހަވާލުކޮށްފައި ވާނެކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނާ ލިސްޓެއް މިހާރު ދައުރުވަމުންދާއިރު މި ލިސްޓުގައި މިސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ނަންތައްވެސް ހިމެނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންގެ ނަންތައްވެސް މި ލިސްޓުގައި ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ބުންޏޭ ބުންޏޭ މެސެޖްކުރީމޭ ބުނަނީ. އެވަރުން ނުވާނެ ހެއްކަކަށް ދޯ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *