Ad
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..

ކޮވިޑު ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ، ނިޔާވި މީހުންގެ ޖުމްލަ 114 އަށް

ކޮވިޑު ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

މިރޭ ނިޔާވެފައިވަނީ އޭޑީކޭ ހޮސްޕިޓަލްގެ އެމެޖެންސީ ރޫމަށް ގެންގޮސް ފަރުވާދެމުންދިޔަ އުމުރުން 62 އަހަރުގެ މީހެކެވެ. އޭނާ މަރުވުމުން ޓެސްޓުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެހެންކަމުން އެމީހާއަކީ ކޮވިޑް-19 ޖެހިގެން މަރުވި މީހެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފި އެވެ.

މިއީ ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި 114 ވަނަ މީހާ އެވެ. މިއީ ކޮވިޑްގައި ރާއްޖެއިން ނިޔާވި 2 ވަނަ މީހާއެވެ. މިއަދު ފުރަތަމަ ނިޔާވެފައި ވަނީ ލ. ގަމު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ނޭޕާލްގެ ރައްޔިތެކެވެ. މި މަހުގެ މިހާތަނަށް ރާއްޖެ އިން ކޮވިޑް ބަލީގައި 41 މީހަކު ވަނީ ނިޔާވެފައެވެ. މި މަހަކީ ރާއްެޖެއިން މިހާތަނަށް ކޮވިޑް ބަލީގައި އެންމެ ގިނަބަޔަކު ނިޔާވި މަހެކެވެ. އަދި އިއްޔެއަކީ ރާއްޖެއިން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު ކޮވިޑް ބަލީގައި ނިޔާވި މަހެވެ. ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ ތެރެއިން 99 މީހުންނަކީ ދިވެހިންނެވެ. އަދި 15 މީހުންނަކީ ބިދޭސީންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *