Ad
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..

ކޮވިޑު ބަލީގައި މިއަދު މިހާތަނަށް ރާއްޖެއިން 8 މަރު

ކޮވިޑް-19 ޖެހިގެން މިއަދު ރާއްޖެއިން އަށް ވަނަ މީހަކު ނިޔާވެއްޖެ އެެވެ.

މިއަދު މިއީ އެއް ދުވަސް ތެރޭގައި އެންމެ ގިނައިން ކޮވިޑް ޖެހިގެން ނިޔާވި ދުވަހު އެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 137 އަށް އަރާފައެވެ. އަދި މި މަސް ތެރޭގައި އެ ބަލީގައި ނިޔާވި މީހުންގެ އަދަދު 62 އަށް އެރީއެވެ.

ރާއްޖެއިން އެންމެ ގިނައިން ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހުންނެވެ. ކޮވިޑްގެ ހާލަތު ރާއްޖޭގައި ކޮންޓުރޯލުން ނައްޓާފައިވާއިރު ބަލި ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ވަނީ ނިންމާފައެވެ. ބަލި ކޮންޓްރޯލް ނުވާ ވަރަށް ފެތުރިގެން ދިޔައީ ބަލި ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައި ނުވުމުގެ ސަބަބުން ކަމަށް ސިއްޚީ ތަޖުރިބާކާރުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *